ދެވަނަ ވިސްނުމަކަށް: މުސާރައާއި އެލަވަންސްތައް އަތްފޯރާ ހިސާބަށް ތިރިކޮށް، މުއައްޒަފުންނާއި ދުރަށް.
ލިޔުނީ: ހ.ނ ބުދަ, 30 ސެޕްޓެމްބަރ 2009 13:18

ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ހާއްސަ ހާލަތުން އަރައިގަތުމަށްޓަކައި މިފެށޭ އޮކްޓޫބަރު މަހުން ފެށިގެން ސިވިލްސާރވިސްގެ މުއައްޒަފުންގެ މުސާރައާއި އެލަވަންސްތައް ކަނޑައެޅިފައިވާ އިންސައްތަޔަކަށް ދަށްކުރާނޭ ކަމަށް ދާދި ފަހުން ވަނީ ސިވިލްސަރވިސް ކޮމިޝަނުންވެސް ކަށަވަރުކޮށްދެއްވާފައެވެ.
ދެވަނަވިސްނުމަކަށް
ލިޔުނީ: ހ.ނ ހޯމަ, 22 ޖޫން 2009 12:16
ޒަމާން ބަދަލުވެއްޖެއެވެ. މީހުން ބަދަލުވެއްޖެއެވެ. މަސައްކަތް ކުރުމުގައި ބޭނުންކުރި އާލާތްތަކަށް ބަދަލު އަތުވެއްޖެއެވެ. މީހުންގެ އުޅުމަށް ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވަނީ އެކަންތައްތަކަށް ރަނގަޅަށް ތައްޔާރު ނުވެތިބެއެވެ.
ބައި އަހަރު ފުރޭއިރު........
ލިޔުނީ: Administrator އަންގާރަ, 28 އޭޕުރިލް 2009 13:46
ލިޔުނީ: ހ.ނ
ދެލޯބިވެރިން، އެކަކު އަނެކަކުގެ މައްޗަށް އޮންނަ އިތުބާރު ގެއްލުމުން ދެންވާނީ ކިހިނެއްތޯއެވެ؟ ދެމަފިރިން، އެކަކު އަނެކަކަށް އިތުބާރު ނުކުރެވޭނަމަ ދެން ވާނީ ކީއްތޯއެވެ. ހިތުގައި އުފެދިފައިމިވާ ޝުޢޫރުތައް ހާމަކޮށްލުމަށް ބޭނުންވާ ހިނދު ކަށަވަރުވެ އެނގިގެންދަނީ މީހަކު ކަމަކަށް ބޭނުންވެއްޖެ ހިނދެއްގައި އެކަމެއް ކުރުމަށް ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ގިރާކޮށް ޖާނާއި މާލުން ޤުރުބާންވާކަމެވެ.ކިޔަވާ ކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާއިރު
ލިޔުނީ: Administrator އަންގާރަ, 17 ފެބުރުއަރީ 2009 07:19
ލިޔުނީ:ހ.ނ
"ކޮބާ އަދިވެސް ކުނިކަހާ ނުނިމެނީތަ، އައްޔާ ދޭބަލަ ނެޓް ބަލާ" ސުކޫލުގެ ގޯތިތެރޭގެ އެކިހިސާބުތަކުން ފެންނަނީ އިލޮށިފަތި ހިފައިގެން ކުނިކެހުމުގައި ޙަރަކާތްތެރިވަމުންދާ އަންހެން ކުދިންނެވެ. ފިރިހެން ކުދިންތައް ކުޅެން ތައްޔާރުވެގެން ތިއްބެވެ. އިރޮކޮޅަކުން ފެންނާނީ ފިރިހެންކުދިން ވޮލީކުޅެން ފަށާ ތަނެވެ. އަދި އަންހެން ކުދިން ބަށިކުޅުމައިގެން ކުރިއަށްދާ ތަނެވެ. އާދެ މިއީ މީގެ 9 އަހަރު ކުރީގެ ހަނދާނެކެވެ.


