ބޭނުމީ ގިނަ ޖަމާއަތްތަކެއްތޯ؟
ލިޔުނީ: އަޙްމަދު ޢާޞިމް/ އުންމީދު ހއ.އިހަވަންދޫ އާދިއްތަ, 10 ޖެނުއަރީ 2010 12:37
އިހަވަންދޫއަކީ ޒަމާނުންސުރެ ވަރަށް އެކުވެރި ހިތްހެޔޮ މުރާލި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ޒާމާނުންސުރެ އަވައްޓެރި ރަށްރަށުގެ މީހުން، އިހަވަންދޫ ސިފަކުރަނީ ހިތްހެޔޮ އެއްބައިވަންތަ ރަށެއްގެ ގޮތުގައެވެ. ކަންތައް އެހެން އޮތްކަމުގައި ވިޔަސް ކުރިން އިހަވަންދޫއަކީވެސް އެހެން ރައްތަކެކޭ އެއް ގޮތަށް އަވަށު ވާދަވެރިކަން ބޮޑު ރަށެކޭ ބުނެވިދާނެވެ. އަވަށު ވާދައިގެ ސަބަބުން އެދުވަސްވަރުވެސް އިހަވަންދޫއަށް ކުރީ މަންފާއެވެ. އެއީ ރަށުގެ އެންމެންގެ މެދުގައި ހާއްޞަކޮށް އެވަށެއްގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، އަވަށް ކުރިއެރުވުމަށް ބޭނުންވެ ޢަމަލީގޮތުން މަސައްކަތް ކުރާނެ ބަޔަކު އެ މުޖުތަމަޢުގައި އުޅޭތީއެވެ.



އަޅުގަނޑުގެ ޙަޔާތުގައިވެސް އިރު ކޭތަ އެއް ބަލައިލުމަށް ޝައުގުވެރިވި ފުރަތަމަ ފަހަރެވެ. އިރު ކޭތަ އެއް ފެނުމުގެ ނަސީބު ލިބުނު ހަނދާނެއް ނުވެއެވެ. ޓީވީ އާއި ރޭޑިއޯ އާއި ނޫސްތަކުން 15 ޖަނައަރީ 2010 ވަނަ ދުވަހު ހިފާ އިރު ކޭތައިގެ މުހިންމު ކަމާއި ރީތި ކަން ގެނެސް ދީފައިވަނީ މީހަކު ޝައުގުވެރިނުވާނެ ފަދަ އަކުން ނޫނެވެ. އަޅުގަނޑު ނޫނަސް އެތައް ބަޔަކު މިކަމަށް ޝައުގުވެރިވިކަން ޔަގީންނެވެ. އިންތިޒާރު ކުރި އެވެ. 
