މުޥާސަލާތީ ޚިދުމަތުން 6 އިންސައްތަ ޖީއެސްޓީ


1 މެއި 2014 އިން ފެށިގެން މުޥާސަލާތީ ޚިދުމަތްތަކުން ޖީއެސްޓީ ނަގާނެ.

 ރާއްޖޭގައި ދޭ މުޥާސަލާތީ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ފަށައިފިއެވެ. އާއްމުކޮށް އަހަރެމެން ކޮށް އުޅޭ ވިޔަފާރިތަކުން ޖީއެސްޓީ ނަގާ ރޭޓްގައެވެ. އެއީ ކޮންމެ ސަތޭކައަކުން 6 ރުފިޔާ ނުވަތަ 6 އިންސައްތަ އެވެ. މިއީ ރާއްޖޭގައި މުޅިން އައު ކަމެކެވެ. އަދި މިހާތަނަށް މުޥާސަލާތީ ޚިދުމަތްތަކުން ޖީއެސްޓީ ނުނަގައެވެ. ނަމަވެސް އިންޑިޔާ ފަދަ ޤައުމުތަކުގައި ޖީއެސްޓީ ނަގާތާ އަހަރުތަކެއް ވެއްޖެއެވެ. އެހެން ނަމެއްގައެވެ. ކޮމިޔުނިކޭޝަން ސާރވިސް ޓެކުސްގެ ނަމުގައި 12 އިންސައްތަ އެވެ.

މިއަދުން ފެށިގެން މުވާސަލާތީ ޚިދުމަތްތަކުން ޖީއެސްޓީ ނަގާއިރު، މިކަމީ މިޚިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގިފައި އޮންނަންޖެހޭ ކަމެކެވެ. މުޥާސަލާތީ ޚިދުމަތްތަކަށް އަގުކުރަނީ ދެގޮތަކަށެވެ. އެއީ މަހުންމަހުން ބިލު އަންނަގޮތަށް ޕޯސްޓް ޕެއިޑް ކޮންނާއި، ކުރިއަށްލާ ފައިސާ ޖަމާކުރާގޮތަށް ޕްރީޕެއިޑް ކޮންނެވެ.

ރާއްޖޭގެ އޮންލައިން ބޮޑެތި ނޫސްތަކުގައި ވާގޮތުން، ރާއްޖޭގައި ޖީއެސްޓީ ނެގޭ ގޮތް ވަރަށް ސާފެވެ. އެއީ ޕްރިޕެއިޑް ކަސްޓަމަރުން، އެމީހުން ގަންނަ ކާޑު ތަކުގެ ނުވަތަ ކުރާ ރީލޯޑާއި ރާސްޓަސް، އަށް ކަނޑައެޅޭ 6 އިންސައްތައަށްވާ ފައިސާ އިތުރަށް ފިހާރައަށް ދައްކައިގެންނެވެ. މިސާލަކަށް، 100 ރުފިޔާގެ ރާސްޓަސް އެއްނަމަ، 106 ރުފިޔާ ދައްކައިގެންނެވެ. ޕޯސްޓް ޕެއިޑް ކަސްޓަމަރުން ބިލަށް ފައިސާ ދައްކާއިރު، އެއަށްވާ ފައިސާ ދައްކާނީއެވެ.

ދިރާގާއި އުރީދޫ އިން ހާމަކޮށްފައިވާ ގޮތަށް ބަލައި ރާއްޖޭގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ފައިސާ ދަންކަން ކަނޑައެޅިފައި އެވާ އުސޫލަކީ އުނދަގޫ އުސޫލަކަށް ވެދާނެއެވެ. މިސާލަކަށް، 100 ރުފިޔާގެ ޕްރިޕެއިޑް ކާރޑެއް ގަންނައިރު، އިތުރު 6 ރުފިޔާ ޖީބަށް ލައިގެން ދިއުން އުނދަގޫވެދާނެއެވެ. ނަމަވެސް، ޖީއެސްޓީ އަށް ނަގާ މިންވަރު ސާފުވެފައި ހާމައަށް ފެންނަން އޮންނާނެއެވެ. މިގޮތް އުނދަގޫ ކަމަށްވީނަމަވެސް، ޖީއެސްޓީއަށް ނަގާ މިންވަރު ފެންނަން ނެތުމުން އޮޅުންތަކެއް އަރާފައިނެއެވެ.

އަހަރެން އިންޑިޔާގައި 100 ރުފިޔާގެ ކާރޑެއް ގަނެ ފޯނަށް ޖަމާކޮށްލުމުން، މެސެޖެއް ލިބުނެއެވެ. އޭގައިވަނީ 88 ރުފިޔާ ޖަމާވި ކަމަށެވެ. ވީގޮތެއް ނޭނގި އޮޅުން ތަކެއް އެރިއެވެ. ވީގޮތް ސާފުވީ މާފަހުން މީހަކުކައިރިން އޮޅުން ފިލުވުމުންނެވެ. 12 ރުފިޔާ ސީއެސްޓީއަށް ކެނޑުނީއެވެ.

ނަމަވެސް، ބައެއް ޤައުމުތަކުގައި، މިސާލަކަށް އޮސްޓްރޭލިޔާގައި ކޮމިޔުނިކޭޝަން ސާރވިސް ޓެކުސްގެ 15 އިންސައްތަ ނަގަނީ މުޅިން އެހެން ގޮތަކަށެވެ. އެއީ ކުރާ ކޯލްތަކުގެ ރޭޓަށް 15 އިންސައްތަ އިތުރުކޮށް އަގު ހަދާގެންނެވެ. އެގޮތް މާ ފަސޭހަ ނޫންތޯއެވެ. މިސާލަކަށް އެޤައުމުގައި މިނެޓަކަށް 1 އޮސްޓްރޭލިއަށް ޑޮލާ ޖެހޭ ކޯލެއް ކުރާނަމަ 1.15 އޮސްޓްރެލިއަން ޑޮލާރ ޗާރޖް ކުރާނެއެވެ. ހަމައެގޮތަށް ރާއްޖޭގައިވެސް މިނިޓަކަށް 1 ރުފިޔާގެ ކޯލެއްނަމަ 1.06 ރުފިޔާ ޚިދުމަތްދޭ ފަރާތުން ޗާރޖު ކުރާނަމަ މާ ފަސޭހަ އެއް ނޫންތޯއެވެ؟

ނަމަވެސް، ކަނޑައަޅާފައިވާ އުސޫލަށް ފެތެމާ ހިނގާށެވެ. މިއަދުން ފެށިގެން ޖީއެސްޓީގެ 6 އިންސަތައަށްވާ ފައިސާ އެއީ އިތުރަށް ދައްކަން ޖެހެ އަދަދެއްކަމަށްބަލާ ރާސްޓަސް އަދި ރީލޯޑް ގެ އިތުރުން ޕްރިޕެއިޑް ކާރޑް ގަންނަ އިރު ހަނދުމަ ބަހައްޓަން ޖެހެއެވެ. 100 ރުފިޔާ ފޯނަށް ޖަމާކުރަން ބޭނުންނަމަ، 106 ރުފިޔާ ގެންދާށެވެ. 50 ރުފިޔާ ޖަމާކުރަން ބޭނުންނަމަ 53 ރުފިޔާ ގެންދާށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ