[HEADER BANNER]
[AD]

އައި އައި ކަޕްގެ ޗެމްޕިއަންކަން ހޯގޮވާ ޓީމުން ހޯދައިފި

އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ ގުޅިގެން މިމަހުގެ 9 ން 17 އަށް ކުރިއަށް ގެންދިޔަ އައި އައި ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯގޮވާ ޓީމުން ހޯދައިފިއެވެ.

ހޯގޮވާ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި ބޮޅުކެފޭ ޓީމުގެ މައްޗަށް 1-0 ން ކުރިހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ނިމުމުން ވަނަ ވަނައަށް ދިޔަ ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތަށްޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން އިހަވަންދޫ މަދަރުސާ ހިންގުމާ ހަވާލުވެހުންނެވެ ކޮލިފައިޑް ލީޑިންގ ޓީޗަރ އަލްފާޟިލް އަޙްމަދު ރަޝީދުއެވެ. ޖުމްލަ 8 ޓީމަކުން ބައިވެރިވި މި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.ސީ ހޮޑޭގެ މުޙައްމަދު ސާޖިދުއެވެ.

 ސިކްސް އަ ސައިޑަށް ކުޅުނު މިމުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި ޒުވާނުންނަށް ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. އިހަވަންދޫގެ ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން މިފަދަ އިތުރު ކުޅިވަރު މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށް މުބާރާތް ކުރިޔަށްގެންދާ ފަރާތުން މައުލޫމާތުދެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ޕޮލިސް ސްޓޭޝަން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އައްޗީޑި. ހޯގޮވާ ޓީމޯ...

– 19 ޖޫން 2014 1