[HEADER BANNER]
[AD]

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން މާރަންދޫގައި އޮޕަރޭޝަނެއް ފަށައިފި

19 ޖޫން 2014 0

މާރަންދޫ ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: ޕޮލިސް މީޑިއާ

ހއ. މާރަންދޫއަކީ ކުށްމަދު އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ޕޮލިސް މީޑިއާއިން ހާމަކުރި ގޮތުގައި މި ޖޫން މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފަޅުގޯތިތައް ބަލައި ފާސްކުރުމާއި މާރަންދޫގައި ދުއްވާ އެއްގަމު އިންޖީނުލީ އުޅަނދުތައް ބަލައިފާސްކުރުމާއި މާރަންދޫގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށްވެސް އެހީތެރިކަން ފޯރުކޯށްދީފައިވެއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަނުން މާރަންދޫގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ އެސްޓޭޝަނުން މި ހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށް ޕޮލިސް މީޑިއާއިން ހާމަކުރެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ