[HEADER BANNER]
[AD]

އިހަވަންދޫ ޕޮލިސް އިންޓަރހައުސް 23 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުރެދި ހޯދައިފި


ކުރެދިހައުސް ތައްޓާއިއެކު ފޮޓޮއަކަށް ހުއްޓިލައިގެން ފޮޓޯ:އިހަވަންދޫ.ކޮމް

އިހަވަންދޫ ޕޮލިސް އިންޓަރހައުސް 23 ވަނަ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުރެދި ހައުސް ހޯދާފިއެވެ. މިއަދު ހަވީރު ހުރަވީ ދަނޑުގައި ކުޅުނު ފައިނަލްމެޗްގައި ހިރުނދު ހައުހާއި ވާދަކޮށް ކުރެދިހައުސް މެޗް ކާމިޔާބުކުރީ، މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ޕެނަލްޓީ ޖަހާގެންނެވެ.

ކުރެދި ހައުހުންޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބު ކުރިއިރު ހިރުނދު ހައުހަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ.

ފައިނަލް މެޗް ނިމުމުން ބާރާތުން އެކިއެކި ވަނަތައް ހާސިލްކުރި ކުޅުންތެރިންނަށް އިނާމުދިނުން އޮތެވެ. ވަނަތައް ހާސިލް ކުރި ފަރާތްތަކަށް އިނާމުތައް ބައްސަވައި ދެއްވީ އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް، ޕްރިންސިޕަލް އަދި ޕޮލިސް ސާޖަންޓް އަލީ ވަހީދުއެވެ.

މުބާރާތުގައި ކުޅުނު މެޗްތަކުން މޭން އޮފް ދަ މެޗަށް ހޮވިފައިވާ ކުޅުންތެރިންނަކީ:
ފުރަތަމަ މެޗްގެ މޭން އޮފް ދަ މެޗް: އަޙްމަދު ހިޝާމް/ބުރެވި
ދެވަނަ މެޗްގެ މޭން އޮފް ދަ މެޗް: އަޙުމަދު ޝަހުދު/ކުރެދި
ތިންވަނަ މެޗްގެ މޭން އޮފް ދަ މެޗް: ޙަސަން އަރުޝަން/ހިރުނދު
ހަތަރުވަނަ މެޗްގެ މޭން އޮފް ދަ މެޗް: އަޙުމަދު ޝަހުދު/ކުރެދި
ފަސްވަނަ މެޗްގެ މޭން އޮފް ދަ މެޗް: އަލީ ރައްޒާން/ބުރެވި
ހަވަނަ މެޗްގެ މޭން އޮފް ދަ މެޗް: ޝިފާޒް އިބްރާހީމް/ކުރެދި

މިމުބާރާތުން އެކިއެކި މަގާމްތަކުން ވަނަ ހާސިލްކުރި ކުޅުންތެރިންނަކީ:
މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާ: ހަސަން ސާމިލް/ކުރެދި
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: އަޙްމަދު ހިޝާމް/ބުރެވި
މުބާރާތުގެ އެންމެ މޮޅު ފޯވާރޑް: ޙަސަން ސާމިލް/ކުރެދި
މުބާރާތުގެ އެންމެމޮޅު ކީޕަރު: އަޒްޔަދު އަޙުސަން/ބުރެވި
މުބާރާތުގެ އެންމެ އަޚުލާގު ރަނގަޅު ކުޅުންތެރިޔާ: އިސްހާޤު އަބުދުއްސައްތާރު/ކުރެދި
އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔާ: އަޙުމްދު ޝަހުދު/ކުރެދި
އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ: ޙަސަން އަރުޝަން/ހިރުނދު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: އަޙުމްދު ޝަހުދު/ކުރެދި

މުބާރާތުގެ ޕެއާޕުލޭ ޓީމަކަށް ޗެމްޕިއަން ކުރެދި ހޮވުނުއިރު، ދެވަނަޓީމަކަށް ހޮވުނީ ހިރުނދު ހައުހެވެ. ތިންވަނަ ޓީމަކަށް ހޮވުނީ ބުރެވި ހައުހެވެ. އިހަވަންދޫ މަދަރުސާއިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަހުސް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް އެހެން ފަރާތަކުން ސްޕޮންސާ ކޮށްގެން މިމުބާރާތް ބޭއްވި މީފުރަތަމަ ފަހަރެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފޮޓޯ ގެލަރީ އަޕްލޯޑް ކޮށްބަލަ ތަންކޮޅެއް މިކަމާވެގެން މިކަން ކޮށްބަލަ

– 24 ޖޫން 2014 0