[HEADER BANNER]
[AD]

ޕާޓީ ބަދަލުކުރި ޖޭޕީގެ މަޖިލިސް މެމްބަރުންނާއި ދެކޮޅަށް ދައުވާކުރަން ފާސްކޮށްފި

13 ޖުލައި 2014 1

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު އެހެން ޕާޓީތަކަށް ބަދަލުވެވަޑައިގެންފާވާ މެމްބަރުންނާއިމެދު ދައުވާކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިރޭ ނިންމައިފިއެވެ. އެ ޕާޓީއިން މިގޮތަށް ނިންމިކަން އިޢުލާން ކޮށްފައިވަނީ، މިރޭ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ.

ޖޭޕީގެ ކައުންސިލުންނާއި ޕާލިމެންޓްރީ ގްރޫޕުގެ އިއްތިފާގުން މިގޮތަށް ނިންމިއިރު މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރި، އެޕާޓީގެ ތިން މެމްބަރަކުވަނީ ޕީޕީއެމްއަށް ސޮއިކުރައްވާ ޖޭޕީން ވަކިވެފައެވެ. އެއީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، މުހައްމާއާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުއާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހަސަން އަރީފުއެވެ.

ޖޭޕީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން، މަޖިލިސް އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުނަށް އެޕާޓިގެ ޤައުމީ ހިންގާ ކޮމެޓީން، ޓިކެޓް ދިނުމަށް ނިންމާފައިވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތަސް އަދި ނުގަތަސް  އެޕާޓީގައި ދެމި ހުރުމަށާއި، އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށާއި، ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން ނިންމާ ނިންމުންތަކާއި، އަދި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާ ނިންމުންތަކާ އެއްގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވަންދެން ދެމިހުރުމަށް ދެހެކިންގެ ހާޒިރުގައި، މާތް ﷲގެ ކަލާންފުޅުގައި އަތްލައިގެން ހުރެ އެކަލާންގެ ގަންދީ ހުވާކޮށް އިނގިލީގެ ނިޝާން ޖަހައި އެއްބަސްވި އަހުދުކަށަވަރެއް ގެ މައްޗަށެވެ.

ޖޭޕީން ދޫކުރެއްވި މަޖިލިސް މެމްބަރުންނާއި ދެކޮޅަށް ދައުވާކުރުމަށް އެޕަޓީގެ ކައުންސިލުންނާއި ޕާލިމެންޓްރީ ގްރޫޕުގެ އިއްތިފާގުން މިރޭ ނިންމި ނަމަވެސް އެމެންބަރުންނާއި ދެކޮޅަށްކުރަނީ މަދަނީ ދައުވާއެއްތޯ ނުވަތަ ޖިނާއީ ދައުވާއެއްތޯ އަދި ކަނޑައެއް ނާޅައެވެ.

ޖުމްހޫރީ ޕާޓީގެ ތިން މެމްބަރަކު އެޕާޓީ ދޫކޮށް ޕީޕީއެމް އަށް ސޮއެކޮށްފައިވާތީ، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ "މާތްﷲ ގަންދީ ކޮށްގެންތިބި ހުވައާއިމެދު ވިސްނައި ހުވާގެ މައްޗަށް ރުޖޫއަވުމަށް" ގޮވާލައްވާފައެވެ.

[BOTTOM CONTENT BANNER]
މުހައްމަދު އަބުދުﷲ, ޖޭޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސޭޓޫ ދެން އަހަންނަށް ހީވަނީ ސޭޓު ދެން ތިޔަ ފެއިލްވީހެން. މުވައްޒަފުންނަށް މުސާރަކޮޅު ދީގެން ހަމަޖެހިގެން ވިޔަފާރި ހިންގޭތޯ މަސައްކަތްކުރޭ! އޭރުން މާރަނގަޅުވާނެ.

– 13 ޖުލައި 2014 0