ޣާޒާއަށް އެހީތެރިވުމުގެގޮތުން އިހަވަންދޫގައި ފަންޑުފޮށްޓެއް ހުޅުވައިފި

26 ޖުލައި 2014 1

ފަލަސްތީނުގެ ޣައްޒާގައި ޙާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމުގެ ގޮތުން އިހަވަންދޫގައި ފަންޑުފޮށްޓެއް ހުޅުވައިފިއެވެ.

އިހަވަންދޫ މަދަރުސާގެ ހޯލުގައި މިރޭ ކުރިއަށްދިޔަ ދަރުސްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން މިފަންޑް ފޮށި ހުޅުވައިދެއްވީ ހއ. އިހަވަންދޫ އާސިމާމަންޒިލް އަލްފާޟިލް މުންޒިރު އަބޫބަކުރު އެވެ. އިހަވަންދޫ ކައުންސިލް އިދާރާއާއި އިހަވަންދޫގެ ބައެއް ސަރުކާރު މުއައްސަސާތަކުގެ އިތުރުން އިހަވަންދޫގެ މަދަނީ ޖަމިއްޔާތައް ގުޅިގެން ހުޅުވިގެންދިޔަ މި ފަންޑް ފޮށްޓަށް ލިބޭ ފައިސާ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ޙަވާލުކުރެވޭނީ ޣައްޒާއަށް އެހީތެރިވުމުގެ ގޮތުން އަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވާފައިވާ ފަންޑް ފޮށި މެދުވެރިކޮށެވެ. އަދާލަތު ޕާޓީން ހުޅުވާފައިވާ ޣައްޒާ ފަންޑަށް ޖަމާކުރާ ފައިސާ ފަލަސްތީނުގެ އަޚުންނާއި އުޚްތުންނަށް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ރެޑް ކްރެސެންޓާރ މެދުވެރިކޮށެވެ.

މިރޭ އިހަވަންދޫގައި ހުޅުވި ފަންޑް ފޮށި އިހަވަންދޫގެ އެކި ފިހާރަތަކުގައި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. މިފަންޑް ފޮށްޓަށް މިރޭގެ ނިޔަލަށް 10345 ރުފިޔާއާއި 46 އެމެރިކާ ޑޮލަރުލިބިފައވާއިރު އަދާލަތު ޕާޓީން އިސްނަގައިގެން މީގެ ހަފްތާއެއްކުރިން ހުޅުވި ފަންޑް ފޮށްޓަށް މިއަދުގެ ނިޔަލަށް 1،680،598.16 ރުފިޔާއާއި 6،293 އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

އިސްރާއީލުން މުސްލިމުންނާ ދެކޮޅަށް އުދުވާނީ ހަމަލާތައް ދެމުން އަންނަތާ 19 ދުވަސް ވެފައި ވާއިރު ފަލަސްތީން ހެލްތު މިނިސްޓްރީން މިރޭ ބުނެފައިވަނީ މިހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 848 މީހުން ޝަހީދު ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 208 ކުޑަކުންދިންނާއި 82 އަންހެނުން ހިމެނޭއިރު އިސްރާއީލްގެ ހަމަލާތަކުގައި 5700 މީހުންވަނީ ޒަޙަމް ވެފައެވެ. އޭގެ ތެރޭގައި 1779 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ %40 އަށްވުރެއް ބޮޑުބައި ހަލާކުވެ ވީރާނާވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޢަބްދު ﷲ ޙަމީދު ލިޔުއްވާ އެއްއްޗެއް ތަންކޮޅެއް ޒިންމާދާރު ކަމާއި އެކު ރަނގަޅައް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ލިޔުއްވުން ކީތޯ؟

– 6 އޮގަސްޓު 2014 0