އިހަވަންދޫން 29 ހާހަށްވުރެ ގިނަ ރުފިޔާ ޣާޒާ ފަންޑް މޯލްޑިވްސް އާ ހަވާލުކޮށްފި

5 އޮގަސްޓު 2014 1

އިހަވަންދޫގައި ބެހެއްޓި ޣާޒާ ފަންޑު ފޮއްޓަށް ބަޔަކު ފައިސާ ހަދިޔާ ކުރަނީ.

ފަލަސްތީނުގެ ޣައްޒާގައި ޙާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމުގެ ގޮތުން އިހަވަންދޫގައި ހުޅުވި ފަންޑުފޮށްޓައް ޖުމުލަ 29639.13 ރުފިޔާ ލިބިފައި ވާކަމަށް އިހަވަންދޫ ކައުންސިލުން ހާމަކޮށްފި އެވެ.

އިހަވަންދޫ ކައުންސިލް މެމްބަރ މުޙައްމަދު ރަޝީދު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އިހަވަންދޫގެ ފިހާރަތަކާއި ރަށުގައި ބޭއްވި އެކިއެކި މުނާސަބާ ތަކުގައި ބެހެއްޓި ފަންޑު ފޮށިތަކުން ލިބުނު ފައިސާ ރޭ ވަނީ 3 ކައުންސިލަރުން ނާއި ޕޮލިހެއްގެ ހާޒިރުގައި ގުނާފައި ކަމަށެވެ. މިގޮތުން ފޮށިތަކުން ޖުމުލަ 28698.51 ރުފިޔާ ލިބިފައި ވާއިރު، ޖުމުލަ 61 ޑޮލަރު ލިބިފައި ވެއެވެ.

ކައުންސިލް މެމްބަރ މުޙައްމަދު ރަޝީދު ވިދާޅުވީ އިހަވަންދޫން ޣާޒާ ފަންޑަށް ހޯދި ފައިސާ މިހާރު ވަނީ ޣާޒާ ފަންޑް މޯލްޑިވްސް  އާ ހަވާލުކޮށްފައި ކަމަށެވެ.

އިސްރާއިލުން ޣާޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިއަދު ހެނދުނުގެ ނިޔަލަށް 270،000 ށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި މިއަދު ހެނދުނުގެ ނިޔަލަށް 392 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ އުދުވާނުގައި ފަލަސްތީނުން ޝަހީދު ކޮށްލާފައިވާ އެންމެ ހަގު ކުއްޖާގެ އުމުރަކީ 1 މަސް ދުވަހެވެ. އަދި އެންމެ ދޮށީ ކުއްޖާގެ އުމުރަކީ 17 އަހަރެވެ. އިސްރާއީލުން ވަނީ ފަލަސްތިނުގެ 243 ފިރިހެން ކުދިންނާއި  149 އަންހެން ކުދިން ޝަހީދު ކޮށްލާފައެވެ. އިސްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 1815 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައި ވެއެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަޅިދޯ

– 5 އޮގަސްޓު 2014 0