[HEADER BANNER]
[AD]

އިހަވަންދޫ ޕޮލިސްޓޭޝަނުން ތަކަންދޫގައި އެވެއަރނެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

6 އޮގަސްޓު 2014 0

އެވެއަރނެސް ޕްރޮގްރާމުގައި ސްކޫލު ކުދިންނަށް މަޢުލޫމާތު ދެނީ - ފޮޓޯ ޕޮލިސްމީޑިއާ

އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ 2014 ވަނަ އަހަރުގެ ބިޒްނަސް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހއ.ތަކަންދޫގައި ހަރަކާތްތަކެއް ހިންގައިފި އެވެ.

2014 ވަނަ އަހަރުގެ އޯގަސްޓް މަހު އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި ތަކަންދޫގައި ބޭއްވި އެވެއަރނަސް ޕްރޮގުރާމްތައް ބާއްވާފައި ވަނީ މިހިނގާ އޯގަސްޓް މަހުގެ 02 ން 04 އަށެވެ.

ޕޮލިސް މީޑިއާއިން ބުނާ ގޮތުގައި މި ޕްރޮގްރާމްގެ ދަށުން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި އޮގަސްޓް މަހުގެ 02 ވަނަ ދުވަހުރޭ ވަނީ ތަކަންދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގާފައެވެ.

މީގެ އިތުރުން ބިޒްނަސް ޕްލޭންގައިވާ ” ޕްރޯއެކްޓިވް ޕޮލިސިންގ އާއި ޕްރޮބްލެމް އޮރިއެންޓެޑް ޕޮލިސިންގެ އުކުޅުތަކުގެ ބޭނުން ހިފައިގެން ކުށް މަދުކުރުމާއި ކުށް ހިނގިޔަނުދިނުން” މި ލަނޑުދަނޑި ހާސިލްކުރުމަށް އޮގަސްޓް މަހުގެ 03 ވަނަ ދުވަހު ހއ.ތަކަންދޫ މަދަރުސަތުލް ޝައިޚް ޝަހީދު އަލިތަކުރުފާނުގެ ގްރޭޑް 4  ން ފެށިގެން 10ގެ ދަރިވަރުންނަށް އެވެއަރނަސް ޕްރޮގްރާމްތަކެއްވެސް ވަނީ ހިންގާފައެވެ.

މިޕްރޮގްރާމުގައި ބައިވެރިވި ކުދިންނަށް ބުލީކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމާއި ބެހޭ ޤާނޫނުގައިވާ ކަންތައްތަކާއި ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުމާއި އެތަކެތި ބޭނުންކުރުމާއި ބެހޭ ޤާނޫނާއި ބެހޭ ގޮތުން ވަނީ މަޢޫލޫމާތު ހިއްސާކޮށްފައެވެ

މި ޕްރޮގްރާމުގެ ދަށުން ” އެކި ހާލަތްތަކާއި ގުޅިގެން ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީއާއި ހަރަކާތްތަކުގެ ފެންވަރު މަތިކުރުން” މި ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ހއ.ތަކަންދޫ މަދަރުސާގެ ހުރިހާ ޓީޗަރުންނަށް ޓީމް ބިލްޑިންގ އެކްސަސައިޒްތަކެއް އޯގަސްޓް 04 ވަނަދުވަހު ވަނީ ހިންގާފައެވެ.

ހއ.ތަކަންދުގައި ހިންގުނު ހަރާތްތައް ނިންމާލާފައިވަނީ އޯގަސްޓް 04 ވަނަ ދުވަހުގެ ހަވީރު އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމަކާއި ހއ.ތަކަންދޫ ޒުވާނުންގެ ޓީމަކާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކުންނެވެ. މިމެޗް 6 ލަނޑު 04 ލަނޑުން ކާމިޔާބު ކުރީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ