[HEADER BANNER]
[AD]

މުހައްމަދު ރަޝީދު ފަރުދީ ވައުދު ފުއްދަވައިފި!

13 ސެޕްޓެމްބަރު 2014 0

މުހައްމަދު ރަޝީދު ހަދިޔާކުރި ލެޕްޓޮޕް، 2013 ވަނައަރު ގްރޭޑް 7ކުން އެއްވަނަ ހޯދި ދަރިވަރަށް ހަވާލުކުރަނީ

މުހައްމަދު ރަޝީދު ހަދިޔާކުރި ލެޕްޓޮޕް، 2013 ވަނައަރު ގްރޭޑް 7ކުން އެއްވަނަ ހޯދި ދަރިވަރަށް ހަވާލުކުރަނީ ފޮޓޯ:ފޭސްބުކް

އިހަވަންދޫ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ހޮވާފައިވާ މުޙައްމަދު ރަޝީދު (މުންޒިރު މޯޑް) އެބޭފުޅާ، ކައުންސިލަށް އިންތިހާބު ކޮށްފިނަމަ ފަރުދީގޮތުން ފުއްދަވާނެކަމަށް ވެލެއްވި ވައުދު ފުއްދަވައިފިއެވެ. އެބޭފުޅާ ވައުދު ވެފައިވަނީ އެބޭފުޅާގެ ކައުންސިލްކަމުގެ ދައުރުގައި ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރަކަށް ހޮވޭ ދަރިވަރަށް ލެޕްޓޮޕެއް ދިނުމަށެވެ. އެގޮތުން ރޭއޮތް އިހަވަންދޫ މަދަރުސާގެ 2013 ވަނައަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެބޭފުޅާވަނީ، 2013 ވަނައަހަރު ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރަށް ހޮވުނު ޖަހާމުގުރިގޭ، އައިމިނަތު ސަމްހާއަށް ލެޕްޓޮފެއް ހަދިޔާކޮށްފައެވެ.

ކައުންސިލަރު މުހައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިޔަށް އޮތް ދެ އަހަރުވެސް އެބޭފުޅާ ވެފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ. އަދި މިއަހަރު ލެޕްޓޮޕް ހާސިލްކުރި އައިމިނަތު ސަމްހާއަށާއި މުޅި މަދަރުސާއިން އެއްވަނަ ހާސިލްކުރި ލަކްސަމީގޭ، ޙަލީމަތު ރަޝީދާ އަށް އަދި ޖުމްލަކޮށް އެކި ވަނަތައް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް މަރުހަބާ ކިޔާކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް އިތުރު ކާމިޔާބުތައް ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެބޭފުޅާ ގޮވާލެއްވިއެވެ.

އަދި މިއަހަރު ވަނައެއް ނުލިބުނު ދަރިވަރުންވެސް އުއްމީދު ގެއްލުވާނުލާ ހިއްވަރާއިއެކު ގަދައަޅާ މަސައްކަތްކޮށް މަދަރުސާއާއި މުޅި އިހަވަންދޫވެސް ފަހުރުވެރިވާނެ ފަދަ ބަޔަކަށް ވެވޭތޯ މަސައްކަތް ކުރުމަށް ހުރިހާދަރިވަރުންނަށް ގޮވާލިއެވެ.

އިހަވަންދޫ ކައުންސިލަށް ޕީޕީއެމް ކޯލީޝަންގެ ފަރާތުން ވާދަކުރި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ފަރުދީ ގޮތުން ތަފާތު ވައުދު ވެލައްވާފައެވެ.

[BOTTOM CONTENT BANNER]
ޕީޕީއެމް އިހަވަންދޫ, ޕީޕީއެމް ކޯލީޝަން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ