[HEADER BANNER]
[AD]

މުޙައްމަދު އާސިފްވެސް ފަރުދީ ވައުދު ފުއްދަވައިފި!

13 ސެޕްޓެމްބަރު 2014 2

އާސިފް ސްކޫލް ލައިބްރަރީއަށް 10000 ރުފިޔާ ހަދިޔާ ކުރައްވަނީ.

އިހަވަންދޫ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ހޮވާފައިވާ މުޙައްމަދު އާސިފް އެބޭފުޅާ، ކައުންސިލަށް އިންތިހާބު ކޮށްފިނަމަ ފަރުދީގޮތުން ފުއްދަވާނެކަމަށް ވެލެއްވި ވައުދު ފުއްދަވައިފިއެވެ. އެބޭފުޅާ ވައުދު ވެފައިވަނީ އެބޭފުޅާގެ ކައުންސިލްކަމުގެ ދައުރުގައި ކޮންމެ އަހަރަކުވެސް 10،000 (ދިހަހާސް) ރުފިޔާ އިހަވަންދޫ ސްކޫލްގެ ލައިބްރަރީއަށް ހަދިޔާ ކުރުމަށެވެ. އެގޮތުން ރޭއޮތް އިހަވަންދޫ މަދަރުސާގެ 2013 ވަނައަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެބޭފުޅާވަނީ، 10،000 (ދިހަހާސް) ރުފިޔާ އިހަވަންދޫ ސްކޫލްގެ ލައިބްރަރީއަށް ހަދިޔާ ކޮށްފައެވެ.

މުޙައްމަދު އާސިފް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިޔަށް އޮތް ދެ އަހަރުވެސް އެކަން ކުރިޔަށް ދާނެކަމަށެވެ. އަދި މިއަހަރު ވަނަތައް ހާސިލްކުރި ދަރިވަރުންނާއި ހާއްސަކޮށް ޓޮޕް ޓެންގައި ހިމެނުނު ދަރިވަރުން، އަދި ޖުމްލަކޮށް ހުރިހާ ދަރިވަރުންވެސް އިތުރު ކާމިޔާބީތައް ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

މުޙައްމަދު އާސިފަކީ އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސެވެ.

އިހަވަންދޫ ކައުންސިލަށް ޕީޕީއެމް ކޯލީޝަންގެ ފަރާތުން ވާދަކުރި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ފަރުދީ ގޮތުން ތަފާތު ވައުދު ވެލައްވާފައެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ޕީޕީއެމް އިހަވަންދޫ, ޕީޕީއެމް ކޯލީޝަން, ކައުންސިލްގެ ރައީސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިޔައީ ބޮޑު ޕަޕެޓެއް. ބޯހަރު ގޮލައެއް.

– 15 ސެޕްޓެމްބަރު 2014 0

ރައްޔިތަކު ކިޔާ އެއްޗެއް ބުނާ ބުނުމެއް އެދޭކަމަށް އަޑުއަހާ ގޮލައް ނޫން.. މި އާސިފަކީ... އަތިރި މޫސަ ކަހީނު ބުނާ ބުނުމަށް

– 15 ސެޕްޓެމްބަރު 2014 1