[HEADER BANNER]
[AD]

އިހަވަންދޫގައި އަމާން ވެއްޓެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2014 6

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އަހުމަދު ނަސީމު/އިހަވަންދޫޑޮޓްކޮމް

އިހަވަންދޫގައި އަމާން ވެއްޓެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރިއަށާއި ދެކުނުބުރިއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫއަށް ވަޑައިގެން ހއ. އިހަވަންދޫ ކައުންސިލް މެމްބަރުންނާއި އިހަވަންދޫ މަދަރުސާގެ އިސްވެރިންނާއެކު އިހަވަންދޫ މަދަރުސާގައި ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ، ދިމާވާ ބައެއްކަހަލަ ކުއްލި ހާލަތްތަކުގައި ކަންކަން ކުރެވޭނެ ކަހަލަ ސާމާނުތައް ނެތުމުން އެތަކެތި ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެފަދަ ތަނެއް ނިއްވޭނެ ނިޒާމެއް ޕޮލިސް ސްޓޭޝަންގައި ވެސް އަދި ކައުންސިލްގައިވެސް ނެތުމުން އެފަދަ ނިޒާމެއް ހޯދުމާ ގުޅޭގޮތުންނާއި މީހުން ގެއްލުމުގެ ހާދިސާތަކުގައި މީހުން ހޯދުމަށްޓަކައި ބޭނުންވާނޭ ލައިޓާއި އެހެނިހެން ވަސީލަތްތައް ނެތުމުން އެފަދަތަކެތި ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމާގުޅޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ. އެހެންކަމުން މިފަދަ ތަކެތި ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތްވކޮށްދެއްވާނެކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވާކަމުގައި ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

އަދި މީގެ އިތުރުން ޕޮލިހުންގެ ފަރާތުން ހޯދަންޖެހޭ ޕޮލިސް ރިޕޯޓް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ލިބޭނެ އިންތިޒާމް ސެޕްޓެމްބަރ 2014، 23 ވަނަ ދުވަހުން ފެށިގެން ހަމަޖެހިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައިވިއެވެ. ""އިހަވަންދޫން ވެސް މިއަދުން ފެށިގެން ޕޮލިސް ރިޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ. މީގެ ސަބަބުން ޒުވާނުންނަށް ފުރުޞަތު ފަހިވާނެ"" އެ ބައްދަލުވުމުގައި ސީޕީ ވިދާޅުވިއެވެ.

އަދި މިއީ މިކަމުގެ ސަބަބުން ކުރިއާ ޚިލާފަށް ރަށުގެ ރައްޔިތުންގެ ތެރެއިން މިޚިދުމަތް ބޭނުންފުޅުވާ ފަރާތްތަކަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެން ދާނެކަމެއްކަމުގައި ކައުންސިލުންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން މިރަށުގައި އަންހެން ފުލުހުން ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ދިމާވާ ބައެއް ހާލަތްތަކުގައި އަންހެން ފުލުހެއް ނެތުމުގެ ދަތިކަން ކުރިމަތިވާތީ، މިކަމާ ދޭތެރޭ ގޮތެއް ހަމަޖައްސައިދިނުމަށް ސީޕީގެ އަރިހުގައި ކައުންސިލުން އެދިފައިވާނޭކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިނޫނަސް ރަށުގެ ކުރިއެރުމަށާއި ކުށްމަދު މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރެވިދާނޭ ކަންކަމާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އާ މަޝްވަރާ ކުރެވިފައިވާނޭ ކަމަށްވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ސްކޫލުގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ވަރަށް ގިނަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާކަމުގައި ސްކޫލުން ފާހަގަކުރެއްވިއެވެ. ""އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުން ސްކޫލާ ގުޅިގެން ހިންގަމުންގެންދާ ހަރަކާތްތަކުގެ ނަތީޖާ ދަނީ ފެންނަމުން"" ޑެޕިޔުޓީ ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އިހަވަންދޫގައި މަސައްކަތްކުރައްވާ ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށާއި މިރަށުގައި ކުށްމަދު މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ފުލުހުން ވަރަށް ބޮޑު ޤުރުބާނީއެއް ވަމުން ގެންދާކަމަށެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ ގެ އިތުރުން އެހެން އިސް ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމަށްފަހު ކޮމިޝަނަރއޮފްޕޮލިސް ވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އެންމެހާ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް ގެ ޝަރަފްގައި ބޭއްވި ހާއްސަ ޖާފަތެއްވެސް މިއަދު އޮތެވެ. މިޖާފަތުގައި ޕޮލިސް ކޮމިޝަނަރއާއި އެ ޓީމުގެ އެންމެހާ ބޭފުޅުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިހަވަންދުއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެން ވަޑައިގަންނެވީ ހދ. މަކުނުދޫއަށެވެ.

.

[BOTTOM CONTENT BANNER]
އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫގައި އަމާން ވެއްޓެއް ގާއިމުވެގެންދާއިރު އަޅުގަނޑުމެން ކުޅެން ދަނޑަށްދާ ގަޑީގައި ދަނޑުވެސް އަމާންކޮށްދެއްވުމަށް ސީޕީ އަށް ދަންނަވަމެވެ. ދުވާލު ދިއްލާފަ ރޭގަނޑު ނިވާލާ މަގުތަށް އަލިކޮށްދެއްވުމަށްވެސް އެދެން.

– 24 ސެޕްޓެމްބަރު 2014 0

ދަނޑު އަމާން ނުވާގޮތް ބުނަން ކުރިން ހަނދާން ނެތުނީ. ދަނޑު އަމާން ނުވަނީ ކުޅެންދާގަޑި ބަލާފަ އިންޖީނުގޭން މީހުން ފޮނުވާގެން ދަނޑަށް ދުންއަރުވާތީ.. ވަރަށް ސަލާމް.

– 24 ސެޕްޓެމްބަރު 2014 0

ދުވާލު މަގުތައް ދިއްލާފަ ރޭގަނޑަށް ނިވީމަ ތިބުނާ އަމާންވެއްޓެއް ގާއިމެއް ނުވާނެ. ވެށީގެ އަމާންކަން ނަގާލުމަށްޓަކާ އިންޖީނުގޭން ކުރާ ކަމެއް އެއީ.

– 24 ސެޕްޓެމްބަރު 2014 0

އެއީ އިންޖީނުގޭން އެކަނި ކުރާކަމެއް ނޫން. ރަށުގެ ޒުވާނުންނަށް ޖެއްސުން ކުރަނީ ކައުންސިލަރުންނާ އިންޖީނުގެއާ ގުޅިގެން

– 24 ސެޕްޓެމްބަރު 2014 0

ރަށުގެ ކައުންސިލުން ޒުވާނުންނަށް ޖެއްސުން ކުރާންވީ ކީއްވެބާއޭ ހިތަށް އަރާ! އެތާ ތިބީވެސް ޒުވާނުން. ޒުވާނުން މިހާރުގެ ކައުންސިލާ ޖައްސަން ތިކުރާ ކަންކަން ވަރަށް ބޮޑަށް ކުއްވެރިކުރަން.

– 25 ސެޕްޓެމްބަރު 2014 1

ސާބަސް!!!! އިހަވަންދޫ އެކޮށް އެއޮތްތީ ހަލާކުވެފަ!!!! ކުންވެރިން ގިނަކަމުން!!! އެމެން އެބާރުލުން ދީގެން މިކަން ވާނީ!!!

– 26 ސެޕްޓެމްބަރު 2014 1