[HEADER BANNER]
[AD]

އިހަވަންދޫގައި އެސްޓީއޯއިން ހުޅުވާ ފާމަސީ އަށް މުވައްޒަފުން ހޯދަނީ

22 އޮކްޓޫބަރު 2014 0

ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމަށް އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހއ. އިހަވަންދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ ފާމަސީ އަށް މުވައްޒަފުން ހޯދުމަށް އެސްޓީއޯ އިން އިޢުލާނު ކޮށްފި އެވެ.
މިމަހުގެ 19 ވަނަ ދުވަހު އެސްޓީއޯ އިން ކޮށްފައިވާ އިއުލާނުގައި ވަނީ އިހަވަންދޫ އެސްޓީއޯ ފާމަސީ އަށް 2 ކޭޝިއަރުންނާއި 2 ފާމަސިސްޓުން ބޭނުންވާ ކަމަށެވެ.
އެމަޤާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިހިނގާ އޮކްޓޯބަރު މަހުގެ 26 ގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު އެސްޓީއޯގެ ހެޑް އޮފީހަށް ހުށައެޅުއްވުމަށް އެސްޓީއޯއިން އެދިލައްވަ އެވެ.
އެސްޓީއޯއިން ރާއްޖޭގެ ރަށްތަކުގައި ހުޅުވާ ބޭސްފިހާރަތަކުން އާސަންދައިގެ ހިދުމަތް ދަނީ ދެމުންނެވެ.

[BOTTOM CONTENT BANNER]
އެސްޓިއޯ ބޭސްފިހާރަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ