[HEADER BANNER]
[AD]

މައިކަޕް ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ބައި ލައްކައަށް ބޮޑުކުރަނީ

30 ޑިސެމްބަރު 2014 2

މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެމްބަރ މުޙައްމަދު ޢަބްދުﷲ ވާހަކަފުޅު ދައްކަވަނީ. 2015 ވަނަ އަހަރު މައިކަޕް ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ދެއްވާނެކަމަށް ވިދާޅުވި../.// ފޮޓޯ: ޢަލީ މާހިރު (އޮޓޯ ސޭވް ޕްރޮޑަކްޝަން)

2015 ވަނަ އަހަރު ބާއްވާ މައިކަޕް 9 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދޭނެ ކަމަށް މުބަރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ ނިމުނު މައިކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ މުޙައްމަދު ޢަބްދުﷲ އިތުރަށް ވިދާޅުވީ 2015 ވަނަ އަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތް ޓާފު ދަނޑެއްގައި ކުޅެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެކަމަށެވެ.

އަބަދުވެސް ރަނގަޅުކުރަންޖހޭ ކަންކަން ހުންނާނެކަމަށާއި މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި މުބާރާތް އިންތިޒާމްކުރާ ކުލަބް ޕޯލްސްޓަރއާ މަޝްވަރާކޮށް އިތުރު ހިޔާލުތައް އެކުލަބާ ހިއްސާ ކުރެއްވުމަށް މެމްބަރ މުޙައްމަދު ޢަބުދުﷲ އެދިލެއެވިއެވެ.

މިހާރު މުބާރާތުގެ ބައިވެރިވުމަށް 1500 ރުފިޔާގެ ފީއެއް ދައްކަންޖެހުނު ނަމަވެސް އަންނަ އަހަރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 1000 ރުފިޔާއަށް ލިބޭނެގޮތް ހައްދަވައިދެއްވާނެކަމަށް މައިކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ މުޙައްމަދު ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

[BOTTOM CONTENT BANNER]
މައިކަޕް 2014, މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުހައްމާ ކަނޑާނީ ފޮނި․ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައިބުނި މުބާރާތް ނިމުމުގެ ރަސްމިއްޔާތަށް އަދީބް ގެންނާނަމޭ! މިދިއަ އަހަރުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައިބުނި މިއަހަރުގެ މުބާރާތް ކުޅޭނީ ޓާފްދަނޑެއްގަޔޭ! ހުސްފޮނި! ހީވަނީ ކަންނޭގެ މީވެސް ތިމަންނަކުޅެމުންދާ ފިލްމެކޭ، މީހުންތައް ގުބޯހެދިގެން ބަލަން ތިބޭނޭ!

– 30 ޑިސެމްބަރު 2014 3

އަދީބު އެއީ މާ މޮޅުމީހެއްތަ؟ ބަލަގަ ފޮނި ކަނޑައިގެންނޭ ފޮނިރަހަ ލާނީ․․․ މުހައްމާ އެވިދާޅުވަނީ އޭނަގެ އުއްމީދު ތަކުގެ ވާހަކަ․․․ ފުރަތަމަ ކަމަކަށް އުއްމީދު ކޮށްގެންނު އެކަމެއް ހާސިލްކުރެވޭނީ؟ މުހައްމާގެ ވައުދުތައް ފުއްދުމުގައި މުހައްމާއަށް ތައުފީޤު ދެއްވާށި․․․․ ޝުކުރިޔާ މުހައްމާ!

– 30 ޑިސެމްބަރު 2014 2