[HEADER BANNER]
[AD]

ރައްޔިތުން އެދި ގޮވަނީ ޢަދުނާނަކަށެވެ!

ކުރީގެ އިހަވަންދޫ ކަތީބް އަދުނާނު އަބުދުﷲ. ފޮޓޯ:އިހަވަންދޫ.ކޮމް ފައިލް (2011)

ރަށުގެ ސިޔާސީ އިޖުތިމާއީ ފޭރާމުގެ މައްޗަށް ފާޑުވެރި ރާގުގައި ބަސްބުނެ ހެދުމަކީ ތަހުޒީބީ ގޮތުގައި ނަތީޖާ ނެރުމަށް އޮތް އެންމެ ފަހި ވަސީލަތް ކަމާމެދަކު ދެބަސްވެވޭކަށް ނެތެވެ. ޚަބަރެއްގެ ޒަރީޢާއިން ވިޔަސް ކައުންސިލަށް ނުކިއްސަރު ހަމަލާއެއް މި ސައިޓުގެ ތެރެއިން އަންނަ ކޮންމެ ފަހަރަކީ މި ސައިޓްގެ ނަމުގެ ގޮތުގައި "އިހަވަންދޫ" ބޭނުން ކުރުމަށް އިހަވަންދޫ ކައުންސިލުން ދީފައި އޮންނަ ހުއްދަ ބާޠިލްކޮށްލަ ފާނެ ކަމުގެ އިންޒާރު ކޮންމެވެސް ސިފައެއްގައި އަންނަ ފަހަރެެކެވެ. އެފަދަ ވިޔާނުދާ އަޅުވެތި ކަމެއްގައި، ފިކުރު ހިންގުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތާށިކޮށްލިވިދާނެ ކަމަށް ދުށުމަކީ ބޯދާ ވިސްނުމެކެވެ.

ކައުންސިލަށް ފާޑެއް ކިޔާން ކަމަށެވެ!

އެއް ދުވަހެއްގައި އެއް ރާއްސެއްގައި އުފަންވެ، އެކީ އެއް ކިލާހެއްގައި އުޅެބޮޑުވުމުން އޮންނަ ގާތްކަމާއި ކުލުނަށްޓަކައި އާސިފްގެ ޒައާމަތަށް ބަޅި އުކުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިކަން ކުރާން ވެއްޖެއަތީ ހިތީމެވެ.

ފަހަކުން ހަތަކަށް ކައުންސިލަރުންގެ ޢަދަދު އިތުރުވީއެވެ. ނުގަވާއިދުން ކަމަށް ވިޔަސް ވެހެވެ. ރައްޔިތުން އުންމީދުކޮށްގެން ތިބީ ނިކަން ބާރު ދުވެލީގައި، ތަރައްގީގެ ފީތާގަނޑު އަނދަން ފަށާނެ ކަމަށެވެ. ތަރައްގީގެ ފަޓާސް، ބަން ބަން ލާފައި ދާދި އަވަހަށްމެ ގޮވަން ފަށާނެ ކަމަށެވެ. ފަޒާތެރެ ތަރަތަރަ ލާފައި ވިދައި ބަބުޅަން ފަށާފާނެ ކަމަށެވެ.

ކައުންސިލް މެމްބަރުންގެ މުސާރައަށް މަހަކު ލައްކައެއް ޚަރަދު ކުރާން ޖެހެއެވެ. އަހަރަކަށް މިލިއަނުން މައްޗަށް ޚަރަދު ހިނގާނެއެވެ. ފައިބެއަހަރު ކައުންސިލްގެ ހިންގުމުގެ ޚަރަދަށް ފަސް މިލިއަން ފަސް ލައްކަ ނަވަ ވަންނަ ދުއިސައްތަ އެކާ ހަތްތަރި ދިވެހި ފައިސާ ކައުންސިލްގެ ހިންގުމުގެ ޚަރަދަށް ދައުލަތުގެ ޚަރަދު ފޮތުގައި ޖަހާދީފައި އޮތެވެ.

ރަށު ރައްޔިތުން ބަރީއަ ވެގެންވިއެވެ. މުތަޤައްދިމު ކޯލިޝަނަށް ކައުންސިލްގެ އަޣުލަބިއްޔަތު ދިނެވެ. ކޯލިޝަނުގެ މުހައްމަދަށް މަޖިލިސް މެމްބަރުކަން ދެވުނެވެ. ޒިންމާދާރު ވެރިޔާ ވެސް ހުންނެވީ ސީދާ ކޯލިޝަނަށް ފައްސިޔަ ކޮށްގެނެވެ. ވީމާ އުޒުރެއް ނެތެވެ.

ރަށްވެހިން ދުށީ ރަށްވެހި ތަރައްގީގެ ލަނޑުދަނޑަތަކަށް ވާޞިލްވެވޭނެ ހިތްގައިމު ހިތްވަރެއް ފެންނާނެ ކަމަށެވެ. ކައުންސިލެއްގެ ބޭނުމަކީ ރަށު ފެންވަރުގެ ވިސްނުންތަކުން ރަށު ތަރައްގީ އަށް މަގު ކޮށުމެވެ. ރަށު ފެންވަރުގެ ރޭވުންތަކުގެ އާރުކާޓީއަކީ ކައުންސިލެވެ. ރަށުގެ ކުރިމަގުގެ ތަޞައްވުރާއި ބައްޓަމުގެ ހިލްމުވެރި މާވަޑިއަކީ ކައުންސިލެވެ. ރަށުގެ ރާސްތާ ކުރަހައި ކުލަ ޖައްސަން ޖެހޭނީ ކައުންސިލަށެވެ. މުސްތަޤުބަލުގެ އަންދާސާތައް ހަދާނީ ވެސް ކައުންސިލުންނެވެ.

ކައުންސިލްގެ އިދާރީ ޚިދުމަތުގައި މަސްޢޫލުވެ ތާށިވެފައި ކައުންސިލަރުން ތިބޭކަށް ނުޖެއެވެ. މައި ސަރުކާރުން ރަށު ތަރައްގީ އަށް ކަމެއް ކޮށްދިނީމާ އެކަމުގެ ނަން ބޮލު އެޅުވައިގެން ކައުންސިލުން އުޅޭކަށް ނުޖެހެއެވެ. ކައުންސިލަރުން އިންތިޚާބު ކުރީ ރަށުގައި ނަރުދަމާ އަޅާން ކަމަށް ހީކުރާނެ ކަމެއް ނެތެވެ. ފެނަކަ އޮތިއްޔާ ރަށަށް ކަރަންޓް ދޭނެއެވެ. ސިއްހީ ވުޒާރާ ހުރިއްޔާ ސިއްހީ މަރުކަޒަށް ހަދާންވާ ގޮތެއް ހަދާނެއެވެ. ތަޢުލީމީ ވުޒާރާއިން ދަރިންނަށް ކިޔަވާދޭނެއެވެ. ކޯޓު ހުރިއްޔާ ސަރިއްޔަތްތައް ހިނގާނެއެވެ. ރަށްވެހިގެއިން ފުލުހުންގެ ޚިދުމަތް ލިބޭނެއެވެ. މި ކަންކަމަކީ ކައުންސިލުން ކުރާންވީ ކަންކަން ކަމަށް ދެކި ތިބޭނެ ކަމެއް ނެތެވެ.

އަދިވެސް ދަންނަވަމެވެ. އިމަގު އޮތިއްޔާ ކުޅިވަރު ކުޅޭނެއެވެ. ޕޯލްސްޓަރއިން ޝޯ ދޭނެއެވެ. ފަހާ ކޯސް ވެސް ހިންގާނެއެވެ. ކޭކު ކޯސް ވެސް މެއެވެ.

ދެން ކައުންސިލުން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ އެއްބަޔަކު ޚިދުމަތަށް އެދޭ ފޯމު ދޫކުރާނީއެވެ. އަނެއްބަޔަކު ފޯމު ބަލައިގަންނާނީއެވެ. ދެންތިބި ބަޔަކު ޚާލިޤުބޭއާއެކު ކަޑާޖަހަން ރަށުތެރޭގައި އެޅޭނީއެވެ. ބައެއް ފަހަރު ސަލާމަތީ ސަނަދު ހައްދަން ދޯނި ފަހަރަށް ވެސް އަރާން ޖެހޭނެއެވެ. ޢަބްދުﷲ ސަމީރާއެކު ތިޖޫރި ހުޅުވަން އެކަކު ބަހައްޓަން ޖެހޭނެއެވެ. ރައީސް އިންނަވާނީ ޒިންމާދާރު ވެރިޔާއާ އެކު ދުފާށެވެ. ދެން، ދެ މީހުން ވެގެން ރިޕޯޓް ލިޔާނީއެވެ. މުޙައްމަދު މުންޒިރު ނަފްސީ ނަންގަވާ ވާހަކަ އާއި ނިކަން ރަނގަޅަށް އެފްބީ ހިންގަވާ ވާހަކަ ވެސް އެ ރިޕޯޓްގައި ލިޔަން ވާނެއެވެ. މީކީ ފުރައްސާރައެއް ނޫނެވެ. އެހާ ހިތްގައިމު ބަހުރުވައަކަށް ނުވެދާނެއެވެ. ނަމަ ވިޔަސް ކަންއޮތީ މިހެނެވެ.

ހަތްބެއިން ރަށުވެރިކަމަށް ހުވާކުރިތާ އަހަރު ވަނީއެވެ. ރަށުތަރައްގީ އަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ. ރަށުގެ ކުރިމަގަށް ކިތައް ޕްރޮޖެކްޓް އެކުލަވައިލިން ހެއްޔެވެ. ކިތައް މަޝްރޫއު ފަށައިފިން ހެއްޔެވެ. ކިތައް މަޝްވަރާ ބައްދަލުވުން ބޭއްވުނު ހެއްޔެވެ. ތަޞައްވުރެއް އެބަ އޮތްތޯއެވެ. ހައްތަހާވެސް ސުވާލެވެ. މުހައްމަދު މުންޒިރުގެ އެފްބީ އެކައުންޓުން ޖަވާބު ލިބޭނެއެވެ. ރައީސްގެ ރޮމޭންޓިކް ސްޓެޓަސް ތަކުން ވެސް ޖަވާބު ހޯދި ދާނެއެވެ.

ކުނިގޮނޑުން އަރާ ދުމުން އެތައް ބައެއްގެ ސިއްހަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، ދިރިތިބުމަށް ދަތިވާ ހިސާބަށް ކަންކަން ގޮސްގެން އެތައް ރައްޔިތަކު އެ ޝަކުވާ ކޮށްކޮށް ހަނާވެއްޖެއެވެ. ކަހާތަން ހިރުވައިވެސް ނުލިއެވެ. ކިޔާ އެއްޗެއް އަހަން ވެސް ބޭނުން ނުވިއެވެ. ބުނާހާވެސް އެއްޗަކީ މީގެ ކުރިން ދުން ނާރަނީ ހެއްޔޭއެވެ. ބަލަގަ މީގެ ކުރިން ގޭ ބޮޑުއަށީގައި ނިދަން ތިބެފައި ކައުންސިލްގެ ތަޚުތުތަކުގައި ވެޑުވިގެން ތިޔަ ތިއްބެވީ މޮޔަފުޅުވެގެން ހެއްޔެވެ. އަޖައިބު އަންތަރީސް ހީވެއެވެ. ސަހާދެއްހަތެކެވެ. ކުނިގޮނޑުގެ ދުމުގެ ތެރޭގައި މުހައްމަދު މުންޒިރަށް ވެސް ނަފްސީއެއް ނަންގަވާކަށް ކެރިވަޑައިނުގަތެވެ. ފިނޑިއެކެވެ.

މިފަދަ އެތައް ކަމެކެވެ. އެއްވެސް ކަމެއްގައި ހައްލެއް ހޯދާ ދެވެނީކީ ނޫނެވެ. އަޅައިވެސް ލަނީކީ ނޫނެވެ. ހަމަ އެއްވެސް ކަމެއް ވިޔަސް ކުރާން އުޅޭތަނެއް ފެންނަނީކީ ނޫނެވެ. ކަމެއް ކުރާން ޖެހިފައި އޮތްކަމަށް ހީވެގެނެއް ވެސް އުޅެނީކީ ނޫނެވެ. ޒިންމާދާރުބޭބެ އަށް ހުރިހާކަމެއް ދޫކޮށްލައިގެން އެޅިހާ ބަތަކަށް ރިހައަޅުއްވާފައި ހަމަ ތިއްބަވަނީއެވެ. އަޅުގަނޑު ދަންނަވާން އޮތީ ނުވާނަމަ، ވާން ނެތްނަމަ، ވާންވީ ގޮތް ނޭނގޭ ނަމަ ލަގަންކޮޅާއި ކަނޑިކޮޅު ބާއްވާފައި ގެއަށް ވަޑައިގަންނަވާށޭއެވެ. ނޫތަރިގޭ އަހައްމަދު ހުރިއްޔާ ތިޔަ ކައުންސިލުން ދޭންވާ އިދާރީ ޚިދުމަތް ލިބޭނެއެވެ.

ހަތް ވެރިންނަށް މަހަކު ހިނގާ ލައްކަ ރުފިޔާގެ މުސާރަ، ކުރީގެ ބޮޑު ކަތީބު އޮނަރަބްލް ޢަދުނާނު ޢަބްދުﷲ އަށް ދީފައި، އަލުން ކަތީބުފަތްކޮޅު ދެއްވައި، ރަށުހިންގުން އެމަނިކުފާނާ މަތިކުރަންވީއެވެ. ފިސާރި ހިންގާލާނެއެވެ. ރައްޔިތުންގެ އަޑުވެސް އަހާނެއެވެ. މަޝްވަރާކުރަން ފިނިއަށްޓަށް ވެސް އަންނާނެއެވެ. ޒުވާބު ހިންގަންވީމާ އެކަން ވެސް ކުރާނެއެވެ. ހަމައެންމެ ރައްޔިތަކަށް ވިޔަސް ދެރަގޮތެއް ވިޔަކަ ނުދޭނެއެވެ. އެމަނިކުފާނަކީ ރަށުގެ ސިޔާސީ މުފައްކިރެކެވެ. ރަށު ލޯބިން ހިތް ފުރިފައިވާ ވިސްނުންފުޅު ތަނަވަސް ލީޑަރެކެވެ. ތަރައްގީ ހާސިލްކުރަން ހަދާންވެއްޖެ ކޮންމެ މަންތިރިއަކަށް އަމަނިކުފާނު ވަރަށް ފަރިތަވާނެއެވެ. ރައްޔިތުންނަށްޓަކައި އަނބުރާންވެއްޖެ ކޮންމެ ގޭހެއް، ހިކުމަތާ އެކު އަނބުރާންް އެ މަނިކުފާނު ދަންނާނެއެވެ. ތިޔަ ހަތް ކަތީބުންނާ ބަނޑު މުސާރައަށް ހިފާން ވިޔަސް ބަލި ކުރާނެތެވެ. އެއީ ހިތްވަރުގަދަ ފަހުލަވާނެކެވެ. ވެރިކަން ހިންގޭނީ އެފަދަ ފަހުލަވާނަކަށެވެ. ރައްޔިތުން އެދިއެދި ތިބީ އެފަދަ ވެރިއަކަށެވެ. ރައްޔިތުން އެދި ގޮވަނީ ޢަދުނާނަކަށެވެ. ރަށްގޮވާއަޑުތަކުން އިވެނީ ޢަދުނާނެކޭ ޢަދުނާނެކޭއެވެ. ނަމަވިޔަސް ކުރާނީ ވަކި ކީއްހެއްޔެވެ. މިހިރަ މިހިރަ ކަންކަމަކީ ވާން ހުރި ކަންކަމެއް ނޫންވިއްޔާއެވެ.

އޮތީ އެންމެ ގޮތެކެވެ. 2017 ގައި ވާތް ފަޅިން ނަތީޖާ ދިއްކޮށްލުމެވެ. ވަގުތު އެބަ އޮތެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ. އިޚްލާޞްތެރިކަން ދައްކަވާށެވެ. މެކުހަށް ޖައްސަވާށެވެ. ބާރަށް ދުއްވާގަންނަން ވީއެވެ. ހޭލަމޭލަވާން ވީއެވެ. މުހައްމަދު މުންޒިރު ނަފްސީ ނެންގެވުން ވެސް އަވަހަށް ހުއްޓާލަން ވީއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ޚާއްސަ ރިޕޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަހުމަދު މުންޒިރު ސެލްފީ ނަގާތީ އެކަމާ ކަންބޮޑުވެފަ! އެތަންކޮޅު ނެތްނަމަ ވަރަށްސަޅި ލިޔުމެއް، ނޫނީ އެހެން ކައުންސިލަރުންގެ ފަތިފުށަށްވެސް ބަލާލިނަމަ․

– 19 ޖެނުއަރީ 2015 0

މޮޔަފުޅުވީތޯ؟ ރައްޔިތުން އަދުނާނު ބޭނުންވާނަމަ އޭނާ މިއަދުހުންނާނީ އަތޮޅުކައުންސިލަކަށެވެ․

– 20 ޖެނުއަރީ 2015 0

ކިތައްމެވަރަކަށް ފާޑުކިޔަސް ކަމެއް ރަނގަޅުވާނީ ކުށެއްއޮތްކަން ޤަބޫލުކޮށްގެންތާ! ޝުކުރިއްޔާ ކައުންސިލަރުން!

– 20 ޖެނުއަރީ 2015 0

މިހާރުމިސައިޓަކީ ވަރަށް ނުރައްކާތެރި އެޖެންޑާއެއް ބާއްވާގެން އިހަވަންދޫގެ ނަން ހަރާބުކުރުމަށް ހިންގާސައިޓެއްކަން މިހިރަފެންނަނީ․ ބޭނުމަކީ އަމިއްލަ އެޖެންޑާ ކުރިއެރުވުން․ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިސައިޓަށް އެއްބާރުލުންދިނުން ހުއްޓާލުމަށް ގޮވާލަން․

– 20 ޖެނުއަރީ 2015 0

ތަންދޮރު އެނގޭ ކިޔަވައިގެންތިބި މީހުން ލައިގެން ނޫނީ ކައުންސިލެއް ނުހިނގާނެ، ލާރި ފެނުނީމާ ދެން އެކައިގެން ގޮނޑީގަ ތިބެން ބޭނުންވާ މީހުން މުޅީންވެސް، <br>ކަންކަން ކުރެވޭނެގޮތަކާއި ކަން ވާނެ ގޮތެއް އެނގޭ އެކަކުވެސް ތިތަނުގައި ނެތް، ހަމަ ހުސް އަނގައިން، ހިއުމަން ރިސޯރސްއިން ޑިޕްލޮމާއެއް އޮތަސް ވާނުވާ ނޭނގެންޏަކާ ނުހިންގޭނެ!!

– 20 ޖެނުއަރީ 2015 0

މާތް އެޑިޓަރު އިސްތިއުފާ․ މިސައިޓަކުންވެސް މުއައްސަސާތައް ޒިންމާކުރުވާކަށް އެދެވޭމަސައްކަތެއްނުކުރޭ․ އިސްތިއުފާ! އިސްތިޤްފާ!

– 20 ޖެނުއަރީ 2015 2

ކައުންސިލް، ކައުންސިލް، ސަރުކާރު ކިޔާފައްޔާ އެޔޮތީ ނިމިފަތަ؟ ހެޔޮދޯ އެއްކަމެއް ނުކޮށްދިނަސް!! <br>ކޮންމެ ޕާޓީއަކަސް، ކޮންމެ ފިކުރަކަަސް 'އިހަވަންދޫ' އާ ދޭތެރޭ ނުވިސްނަންޏާ ރަށުން ބޭރުކޮށްފަ ބަހައްޓާ!! <br>

– 20 ޖެނުއަރީ 2015 0