[HEADER BANNER]
[AD]

ދުނިޔެއާ ކައިރިން ބޮޑު ހިލައެއް ދަތުރުކުރަނީ

24 ޖެނުއަރީ 2015 0

ދިގުމިނުގައި 1800 ފޫޓު ހުރި ބޮޑު ހިލައެއް ދުނިޔެއާ ކައިރިން އަންނަ ހޯމަ ދުވަހު (ޖަނަވަރީ 26 ގައި) ދަތުރުކުރާނެކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފިއެވެ.

އެސްޓްރޮއިޑް 2004 BL86  ގެ ނަމުން ނަން ދީފައިވާ މިހިލަ ހޯމަދުވަހުގެ ވަގުތެއްގައި ދުނިޔެއާއި ގާތްގަނޑަކަށް 745،000 މޭލާއި ހަމައަށް ކައިރިވާނެ ކަމަށް އެއިދާރާއިން ބުނެއެވެ. އެއީ ދުނިޔެއާއި ހަނދާއި ހުރި ދުރުމިނުގެ 3 ގުނަ ދުރު އަދަދެކެވެ. ނާސާ އިން ހާމަކޮށްފައިވާ ގޮތުގައި އެސްޓްރޮއިޑް 2004 BL86 އަކީ އެސްޓްރޮއިޑް 1999 AN10 ދުނިޔެއާއި ކައިރިން 2027 ވަނަ އަހަރު ދަތުރުކުރުމުގެ ކުރިން މިފަދަ ބޮޑު ހިލައެއް ދުނިޔެއާއި މިހާ ކައިރިން ދަތުރުކުރާނެ ފަހަރު ކަމަށެވެ.

އެސްޓްރޮއިޑް 2004 BL86 ހޯދިފައިވަނީ 2004 ވަނަ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހުއެވެ. 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ