[HEADER BANNER]
[AD]

މުވައްޒަފުންގެ ގޮތުގައި ރޮބަޓުން ތިބޭ ހޮޓަލެއް ހުޅުވަނީ

15 ފެބުރުއަރީ 2015 1

ރޮބަޓު ބޭނުންކޮށްގެން ޚިދުމަތްދޭ ހޮޓަލެއް ހުޅުވުމަށް ޖަޕާނުން ތައްޔާރުވަމުން އެބަދެއެވެ. މިއަހަރުގެ ޖުލައިމަހު ނަގަސާކީ ގައި ހުޅުވާ ހުއިސް ޓެން ބޮސްކް އަކީ މުޅި ދުނިޔޭގައިވެސް ރޮބަޓު މުވައްޒަފުން ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޚިދުމަތް ދޭނޭ ފުރަތަމަ ހޮޓަލެވެ.

ދެފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި ހޮޓާ ހުޅުވުމަށް މިހާރު ނިންމާފައިވަނީ ޖުލައި 17 ގައެވެ. ޖަޕާންޓައިމްސްއާ ހަވާލާދީ ޓްރެވެލް އޭޝިޔާވަން އިން ބުނެފައިވަނީ މިހޮޓަލުގައި އާންމުކޮށް ހޮޓާތަކުގައި ބޭނުންކުރާ ތަޅުދނަޑީގެ ބަދަލުގައި ކަސްޓަމަރުގެ މޫނު ދެނެގަނެ ޚިދުމަތް ދޭނެ ކަމަށެވެ.

ރޮބަޓުން ރިސެޕްޝަނިސްޓުގައި ޚިދުމަތް ދިނުމުގެ އިތުރުން، ކޮޓަރިތައް ސާފުކުރުންފަދަ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށް ވެއެވެ. ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ހޮޓާ ތައްޔާރުކުރަމުންދާ ކުންފުނީގެ ރައީސް ހައިޑޯ ސަވާޑާ ބުނެފައިވަނީ ކުރިއަށްއޮތްތަނުގައި ހޮޓަލުގެ 90 އިންސައްތަ މުވައްޒަފުންނަކީ ރޮބަޓުން ކަމުގައި ހެދުމަށް ބޭނުންވާ ކަމަށެވެ. މިހޮޓަލުގައި އަގަކީ ސިންގަލް ރޫމެއް ރެއަކަށް 7000 ޔެން ( 909 ދިވެހި ރުފިޔާ) އެވެ. ޑަބަލް ރޫމެއްގެ އަގަކީ ރެއަކަށް 9000 ޔެން (1156 ދިވެހި ރުފިޔާ އެވެ)

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަޢުލޫމާތު މުޅިން ނުބައި․․․ އެއީ ހެންނާ ހޮޓެލް․․

– 28 ޖޫން 2015 0