[HEADER BANNER]
[AD]

އިހަވަންދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސްޓީއޯ ފާމަސީއަށް 5 މުވައްޒަފުން ހޯދަނީ

21 ފެބުރުއަރީ 2015 0

ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާރަށެއްގައި އެސްޓީއޯ ފާމަސީ ހުޅުވުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސްރޫއުގެ ދަށުން، ހއ.އިހަވަންދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސްޓީއޯ ފާމަސީއަށް 5 މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ. އެގޮތުން އިހަވަންދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސްޓީއޯ ފާމަސީއަށް ހޯދުމަށް އިއުލާން ކޮށްފައިވަނީ 2 ފާމަސިސްޓުންނާއި 3 ފާމަސީ އެސިސްޓެންޓުންނެވެ.

އެސްޓީއޯއިން ފާމަސިސްޓުންނާއި ފާމަސީ އެސިސްޓެންޓުން ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ވާގޮތުން ފާމަސިސްޓަކަށް ކުރިމަތިލާ ފަރާތްތަކުގެ އަތުގައި ދަށްވެގެން ފާމަސީ ކޯހުގެ އެޑްވާންްސް ސެޓްފިކެޓެއް އޮންނަންޖެހޭއިރު ފާމަސީ އެސިސްޓެންޓުންނަށް ކުރިމަތިލާ ފަރާތްތައް ދަށްވެގެން ޖީސީއީއޯލެވެލް ފުރިހަމަ ކޮށްފައި ހުންނަންޖެހެއެވެ.  ފާމަސިސްޓުންނަށް އަސާސީ މުސާރައިގެ ގޮތުގައި 4350ރ ކަނޑައަޅާފައިވާއިރު ފާމަސީ އެސިސްޓެންޓުންގެ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 3380ރ އެވެ. އަދި އަސާސީ މުސާރައިގެ އިތުރަށް، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން 1500ރ - 2500ރ އާއި ދެމެދުގެ އެލެވެންސެއް ހަމަޖައްސައި ދެވޭނެކަމަށް އެސްޓީއޯއިން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

މިމަޤާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިހިނގާ ފެބުރުއަރީ މަހުގެ 23 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު އެސްޓީއޯގެ ހެޑް އޮފީހަށް ހުށައެޅުއްވުމަށް އެސްޓީއޯއިން އެދިލައްވަ އެވެ.

މިދިޔައަހަރުގެ އޮކްޓޯބަރ މަހުގެ 9 ވަނަދުވަހުވެސް، އިހަވަންދޫގައި އެސްޓީއޯއިން ހުޅުވާ ފާމަސީ އަށް މުވައްޒަފުން ހޯދަން އެސްޓީއޯއިން އިއުލާން ކުރިއެވެ. އެފަހަރު އިއުލާންކުރީ 2 ކޭޝިއަރުންނާއި 2 ފާމަސިސްޓުން ހޯދުމަށެވެ.

 

[BOTTOM CONTENT BANNER]
އެސްޓިއޯ ބޭސްފިހާރަ, އެސްޓީއޯ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ