ފޮޓޯއިން: ސައިބީރިއާގައި ގޮތްނޭނގޭ ވަޅުގަނޑުތަކެއް އުފެދެނީ

24 ފެބުރުއަރީ 2015 0

ސައިބިރިއާގެ އުތުރުގެ ސަރަހައްދެއްގެ ބިމުގައި ބޮޑު ވަޅުގަނޑެއް އުފެދިފައިވާތަން 2014 ޖުލައި 16 ގައި ފެނުނުފަހުން އަނެއްކާ އެކަހަލަ ގިނަ ވަޅުގަނޑުތަކެއް އުފެދިފައިވާތަން ފެނިއްޖެއެވެ. 

މިދިޔަ އަހަރު ފެނުނު ވަޅުގަނޑުގެ ފުޅާ މިނުގައި ގާތްގަނޑަކަށް 262 ފޫޓު ހުއްޓެވެ.

ކުއްލި ގޮތަކަށް އުފެދުނު އެވަޅުގަނޑު އުފެދެން މެދުވެރިވި ސަބަބެއް ހޯދުމަށް ސައިންސުވެރިން ކުރި މަސައްކަތުން މިއަދާހަމައަށްވެސް ވަނީ ޖަވާބެއް ނުލިބިފައެވެ. ސައިންސްވެރިން ލަފާކުރަނީ މިއީ މޫސަމަށް އަންނަ ބަލަދެއްގެ ސަބަބުންވަމުންދާ ކަމެއް ކަމަށެވެ.

ރަޝިޔާގެ އުތުރުގައި އޮންނަ ސައިބީރިޔާގެ ސަރަހައްދުން މިހާރު ވަނީ ބޮޑެތި 3 ވަޅުގަނޑޫ ފެނިފައެވެ. އަދި ކުދުކުދި އެތައް ވަޅުގަނޑުތަކެއް އުފެދިފައިވާ ކަމަށް ސައިބީރިއަންޓައިމްސް އިން ރިޕޯރޓު ކުރެއެވެ. 

ސައިންސް ވެރިން ގަބޫލުކުރާ ގޮތުގައި މިވަޅުގަނޑުތައް އުފެދެނީ ދުނިޔެ ހޫނުވުމުގެ ސަބަބުންނެވެ. ވަޅުގަނޑުތައް އުފެދެން މެދުވެރިވާ ސަބަބަކީ ބިމުއަޑީގައި ހުރި ގޭސްތައް މައްޗަށް އަރައިގެން ދިޔުންކަމަށް ސައިންސްވެރިން ލަފާކުރެއެވެ. 

ބައެއް ވަޅުގަނޑުތައް ފެނިފައިވަނީ އެސަރަހައްދުން އަލިގަނޑެއް މައްޗަށް އަރައިގެންދާތަން ފެނުމަށްފަހު އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ