[HEADER BANNER]
[AD]

އަޅުގަނޑު މިހިރީ ޖޭޕީގައި، ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީއެއް ނެތް – މުއީދު

އިހަވަންދޫ ކައުންސިލަކީ ސަރުކާރު ހިންގާ ޕީޕީއެމް ކޯލީޝަންގެ މެޖޯރިޓީ އޮތް ކައުންސިލެއް ނޫންކަމަށާއި، އެބޭފުޅާ އަދިވެސް ހުންނެވީ ޖުމްހޫރީ ޕާޓީގައިކަމަށް އިހަވަންދޫ ކައުންސިލްގެ ނައިބްރައީސް އަބުދުލް މުއީދު އިބްރާހިމް ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ މިނޫހުން އެބޭފުޅާގެ ސިޔާސީ ވިސްނުން ހުރިގޮތާއި މެދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޖޭޕީގެ ލީޑާޝިޕުން އެންގި ގޮތަކަށް އެބޭފުޅާ އެހުންނެވީ ކުރިޔަށް ދާންކަމަށާއި، މަޤާމުން (ނައިބު ރައީސްކަމުން) އިސްތިއުފާ ދޭން އެންގިނަމަވެސް އެކަންކުރާނެ ކަށާއި، ނަމަވެސް އެއްވެސް އެންގުމެއް އަދި މިހާތަނަށް އަންގާފައި ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ސަރުކާރާއި ކައުންސިލުން ރައްޔިތުންގެ ލާބަޔަށް ކުރާކަންކަމަށް އެބޭފުޅާ އެއްބާރުލުން ދެއްވާނެތޯއާއި މިހާރު ކައުންސިލްގައި ތިއްބެވި އިދިކޮޅު މެމްބަރުން ކަންތައް ކުރައްވާ ގޮތާއި ބެހޭގޮތުން ސުވާލުކުރުމުން އެބޭފުޅާ ވިދާޅުވީ މިހާރު ކައުންސިލްގެ ތިއްބެވި އެމްޑީޕީގެ ތިން މެމްބަރުންވެސް ކައުންސިލަށް ވަރަށްބޮޑަށް އެއްބާރުލުން ދެއްވާކަމަށާއި، އެބޭފުޅާވެސް ރައްޔިތުންނާއި ގުޅުންހުރި ކޮންމެކަމެއްގައިވެސް ކައުންސިލަށް އެއްބާރުލުން ދެއްވާނެ ކަމުގައެވެ.

އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރަށް 7 ކައުންސިލަރުން ހޮވާފައިވާއިރު، ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމްގެ 3 ކައުންސިލަރުންނާއި އެމްޑީޕީގެ 3 ކައުންސިލަރުންގެ އިތުރުން ޖޭޕީގެ ކައުންސިލަރެކެވެ.

އިހަވަންދޫ ކައުންސިލަށް އަމިއްލަގޮތުން ވާދަކުރި އެއްވެސް ކެންޑިޑޭޓެއް މިހާތަނަށް ހޮވިފައެއް ނުވެއެވެ. އަދި ކައުންސިލަށް ހޮވިފައިވާ އެއްވެސް ކައުންސިލަރެއް މިހާތަނަށް އެބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީ، ކައުންސިލްކަމުގެ ދައުރުގައި ބަދަލުނުކުރާކަން ފާހަގަ ކޮށްލެވެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ޕީޕީއެމް ކޯލީޝަން, ޕީޕީއެމް އިހަވަންދޫ, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުއީދު ހޮވިވަޑައިގަތީ ޕޕމ ގެ ވޯޓުގަ․ މުއީދުއަށް ނައިބުކަން ލިބިފަވަނީ ޕޕމގެ ވޮޓުން․ ރަށުގަ ތިބި ޒުވަނުން މެޖޯރިޓީ ޕާޓީއަށް ކަމެއްނުވާވާހަކަ ދެއްކީމަ، ބޯދަމައިގަންނަށް ތިއަކީ ވަރަށް ގަޅި ގޮތެއް․ ރަށުގެ ކުދިބޮޑު އެއްމެނަންވެސް އިގޭ މުއީދު ތިއަކީ ޕޕމ މީހެއްކަން․ ކަންނުވަނީ ކަންކުރަށް ނޭގޭތީ․ ތައުލީމެއްނެތި ތަޖުރިބާއެއް ނެތި ތަންތަނަށް ބޯކޮށްޕީމަ އެހެންމީހުން ހަވަރަށްދީ ބޮލާފޮށާވެސް އަޅުވާނެ․

– 10 މާރިޗު 2015 0