[HEADER BANNER]
[AD]

އުސްތާޛުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

5 އޮކްޓޫބަރު 2012 0

13 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއެކު ތަކުރާރުކޮށް ބަދުއަޙުލާޤީ އަމަލު ހިންގަމުން އަންނަކަމުގެ ތުޙުމަތުގައި ސެޕްޓެމްބަރ 19 ވަނަ ދުވަހުގެރޭ ފުލުހުން ހައްޔަރުކުރި ސައްޔިދު ޙަލީޤުއް ރަޙުމާން ގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި އެވެ.

ތަޙްޤީގް ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުން ޖަހާދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވެ، އިތުރު ދުވަސްތަކެއް ޖަހާދީފައިވާއިރު ކުލަބު ޕޯލްސްޓަރ އިން ހިންގަމުން އަންނަ ވަފާ ޤުރުއާން ކުލާހުގެ ކިޔެވުންވަނީ އުސްތާޛު ހައްޔަރުކުރި ދުވަހުންފެށިގެން މެދުކަނޑާލާފަ އެވެ.

ސައްޔިދު ޙަލީޤުއް ރަޙުމާނަކީ ކުލަބު ޕޯލްސްޓަރ އިން ހިންގާ ވަފާ ޤުރުއާން ކުލާހުގައި 2007 ވަނަ އަހަރުން ފެށިގެން ކިޔަވައިދެއްވަމުންއައި އުސްތާޛެވެ.

 

[BOTTOM CONTENT BANNER]
ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ