[HEADER BANNER]
[AD]

އުސްތާޛު ދޫކޮށްލައިފި

16 އޮކްޓޫބަރު 2012 0

ބަދުއަޙުލާޤީ މައްސަލައަކަށް ތުހުމަތު ކުރެވި އެކަމުގެ ތަޙުޤީޤަށް 26 ދުވަސްވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ސައްޔިދު ޙަލީޤުއް ރަޙުމާން (ވަފާ ޤުރުއާން ކުލާހުގެ އުސްތާޛު) ދޫކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުޤީޤު ކުރިއަށް ގެންދިއުމަށް ދިއްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުގައި ބެހެއްޓުމަށްފަހު ކޯޓުން އިތުރަށް މުއްދަތު ޖަހައި ނުދިނުމުގެ ސަބަބުން އުސްތާޛު ދޫކޮށްލައި އިހަވަންދޫއަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ކޯޓު އަމުރު ނުލިބިގެން އުސްތާޛު ދޫކޮށްލި ނަމަވެސް މިމައްސަލައިގެ ތަހުޤީޤު ކުރިއަށްދާކުމުގެ މައުލޫމާތުވަނީ ލިބިފައެވެ.

ކުލަބު ޕޯލްސްޓަރ އިން ހިންގަމުން އަންނަ ވަފާ ޤުރުއާން ކުލާހުގައި 2007 ވަނަ އަހަރުން ފެށިގެން ކިޔަވައިދެއްވަމުންއައި އުސްތާޛު ހައްޔަރު ކުރުމާގުޅިގެން އެކުލާހުގެ ކިޔެވުން މެދު ކަނޑާލާފައި އޮތުމަށްފަހު ދެން އަލުން ކުލާހުގެ ކިޔެވުން ކުރިއަށް ގެންދާނީ ކުލަބު ޕޯލްސްޓަރގެ ހިންގާ ކޮމެޓީން ނިންމާ ގޮތެއްގެ މަތިންކަމަށް އެކުލަބުން މައުލޫމާތު ދެއެވެ.

[BOTTOM CONTENT BANNER]
ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ