[HEADER BANNER]
[AD]

މާލޭގައި ދިރިއުޅޭ ޒުވާނުންނަށް އައި.ކްލަބުން ރޯދަވީއްލުމެއް ބާއްވައިފި

11 ޖުލައި 2015 0

މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ޚާއްސަކޮށްގެން އައި.ކްލަބުން ރޯދަވީއްލުމެއް ބާއްވައިފިއެވެ.

އިހަވަންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުންބަދަހިކުރުމުގެ މަޤްޞަދުގައި، އައި. ކްލަބުން ހުކުރު ދުވަހު ބޭއްވި ރޯދަ ވީއްލުމުގައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ.

އައި.ކްލަބުން ބޭއްވި ރޯދަވީއްލުމާ ގުޅޭގޮތުން އިހަވަންދޫ ޑޮޓް ކޮމްއަށް މަޢުލޫމާތުދެއްވަމުން އައި. ކްލަބުގެ އިންތިޚާބީ ރައީސް މުޙައްމަދު ޝިހާން ވިދާޅުވީ މިފަހަރުގެ ރޯދަވީއްލުމުގައި 70 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ އައި. ކްލަބަކީ ރޫހާނީ ކްލަބަކަށްވިޔަސް، އެކްލަބުން އިންތިޒާމްކުރަމުންދާ މިފަދަ ހަރަކާތްތައް ވަރަށް ކާމިޔާބުކަމަށާއި އެކަމަށްޓަކައި ވަރަށް އުފާކުރާކަމަށެވެ.

"އަޅުގަނޑުމެން އެހެން އަހަރުތަކޭ އެއްގޮތަށް މިފަހަރުވެސް ރޯދަވީއްލުމެއް އިންތިޒާމްކުރީ އަޅުގަނޑުމެންގެ މެދުގައި މިއޮތް އަޚްވަންތަކަށް ވަރުގަދަކުރުމަށް. މިއަދުގެ ރޯދަވީއްލުންވެސް ނިމިގެން މިދިޔައީ ވަރަށް ކާމިޔާބުކަމާއެކު" ޝިހާން ވިދާޅުވިއެވެ.

ޝިހާން އިތުރަށް ވިދާޅުވީ، މިފަހަރުގެ ރޯދަވީއްލުން ކާމިޔާބުކަމާއެކު ނިމިގެންދިޔައީ ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކު ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ޝުކުރު އަދާކޮށް "ވަކިން ޚާއްސަކޮށް މާލެއިން ބޭރުގައި މިވަގުތު ތިއްބެވި ކްލަބުގެ މާލީ އެހީތެރިން ދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް" އޭނާ ވިދާޅުވިއެވެ.

އައި. ކްލަބުން ބޭއްވި ރޯދަވީއްލުން އޮތީ ފަހަރި ކެފޭގައެވެ.

[BOTTOM CONTENT BANNER]
އައިކްލަބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ