[HEADER BANNER]
[AD]

މަދިރި ލޯޝަން ލުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަން

11 ޖުލައި 2015 1

މިދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުން ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ މަދިރި ލޯޝަންފަދަ، މަދިރި ދުރުކޮށްދޭ ތަކެއްޗަށް މިވަނީ ބާރު ބޮޑުވެފައެވެ. މަފަދަ ތަކެތި ބޭނުންކުރުމުގައިވެސް ބައެއް ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަން ލިޔެލާނަމެވެ.

  • މަދިރި ލޯޝަން އުނގުޅާނީ ހެދުން ލުމުން ނުފޮރުވި ހާމައަށް ހުންނަ ހިސާބުގައެވެ. ހެދުމުން ނިވާވެފައި ހުންނަ ހިސާބުގައި މަދިރި ލޯޝަން ލުމަކީ ބޭކާރު ކަމެކެވެ.
  • ހަލާކުވެ ނުވަތަ ކަނޑައިގެން ގޮސްފައިވާ ފާރުގަންގަޑުގައި މަދިރި ލޯޝަން ނޫގުޅާށެވެ.
  • ލޮލާއި އަނގާގައި މަދިރި ލޯޯޝަން ނޫގުޅާށެވެ.
  • ކުޑަކުދިންގެ އަތްތިލާގައި މަދިރި ލޯޝަން ނޫގުޅާށެވެ. ސަބަބަކީ ކުޑަކުދިންނަކީ ގިނައިން އަނގަޔަށް އަތްލާބަޔަކަށް ވުމާއިއެކު މަދިރި ލޯޝަނުގެ އަަސަރު އެތެރެހައްޓަށް ކުރުމުގެ ފުރުސަތު އޮންނާނެތީއެވެ.
  • މަދިރި ލޯޝަން އުނގުޅައިގެން ނިދުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެންމެ ރަނގަޅީ ގޭތެރޭގައި އުޅޭއިރު މަދިިރި ލޯޝަން އުނގުޅައިގެން ނޫޅުމެވެ.
  • މަދިރި ލޯޝަން ގަންނައިރު އެ ލޯޝަނުގައި "ޑީޓް" ހިމެނޭތޯ ބަލާށެވެ. އެއީ ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމުން އެ ކެމިކަލް ހިމެނޭ ލޯޝަން ބޭނުން ނުކުރާށެވެ.
  • ކުޑަކުދިން އަތަށް މަދިރި ލޯޝަން ފުޅި ދޫކޮށް ނުލާށެވެ.
  • މަދިރި ލޯޝަން އުނގުޅައިގެން އެލާޖީ ވާހެން ހީވާނަމަ އިތުރަށް ނޫގުޅާ އަވަހަށް ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސްޕްރޭ ލޯޝަން ކިހިނެއް ވާނެ․

– 12 ޖުލައި 2015 0