[HEADER BANNER]
[AD]

ފުޓްބޯލް ކޯޗިންގ ކޯހެއް އިހަވަންދޫގައި ކުރިއަށްގެންދަނީ

23 ޖުލައި 2015 0

މައިކަޕް 5 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމުގެ މެނޭޖަރ(ކ)، ކެޕްޓަން(މ) އަދި ކޯޗް(ވ) މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: އިހަވަންދޫ.ކޮމް (ފައިލް)

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅިގެން އިހަވަންދޫގައި ފުޓްބޯލް ކޯޗިންގެ ކޯހެއް ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާކަމަށް އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޯގަސްޓް 10 ކުން 17 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ފުޓްބޯލް ކޯޗިންގ ކޯހާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މުހައްމަދު ޢަބްދުﷲ ވިދާޅުވީ މިއީ އިހަވަންދޫ ދާއިރާގައި ފުޓްބޯލް ކޯޗިންގ ދާއިރާއިން ކުރިއަށްދިއުމަށް ޝަޢުޤުވެރިވާ ޒުވާނުންނަށް، އެދާއިރާއިން ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޯހެއްކަމަށެވެ.

"އަޅުގަނޑުގެ އުއްމީދެއް އިހަވަންދޫ ދާއިރާގެ ޒުވާނުންނަކީ ކުޅިވަރުގެ މައިދާނުގައިވެސް އުނގެނެންޖެހޭ ޢިލްމެއް އުނގެނިގެން، ކުޅިވަރުތަކުގައި ބައިވެރިވާ ބަޔަކަށް ވުމަކީ. ފުޓްބޯޅަ މުބާރާތްތައް އިހަވަންދޫގައި ވަރަށް ފޯރިއާއެކު މިދަނީ ބޭއްވެމުން. އަހަރުން އަހަރަށް އެފަދަ މުބާރާތްތައް މިދަނީ އިތުރުވަމުން. އެހެންވީމަ ފުޓްބޯލް ކޯޗިންގ ކޯހެއް އިހަވަންދޫއަށް ވަރަށް މުހިއްމުކަމަށް އަޅުގަނޑު ދެކެން" މުހައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

މިކޯހުގައި ބައިވެރިވުމަށް އެދި ސީވީ ހުށައަޅާ ފަރާތްތަކުގެ ތެރެއިން 24 ފަރާތަކަށް ފުރުސަތު ލިބިގެންދާނެކަމަށް މުހައްމަދު ޢަބްދުﷲ ވިދާޅުވިއެވެ. އަދި މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިހަވަންދޫގައި މިފަދަ ކޯޗިންގ ކޯހެއް ކުރިއަށްގެންދިއުމަށްޓަކައި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ ކައުންސިލް އިދާރާއިން ދެމުންދާ އެއްބާރުލުމަށް މިފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މުޙައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

އިހަވަންދޫގައި ކުރިއަށްގެންދާ ފުޓްބޯލް ކޯޗިންގެ ކޯހުގައި ކިޔަވާދެއްވާނީ އެފްއޭއެމްގެ އިންސްޓްރަކްޓަރުންނެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ