ދޮންނަމެށިނުގެތެރޭ ތާށިވި ކުއްޖާގެ ފޮޓޯ ސޯޝަލްމީޑިއާތަކުގައި ފެތުރެންފަށައިފި

26 އޮގަސްޓު 2015 0

ސައުދީ އަރަބިއްޔާގެ އުމުރުން 3 އަހަރުގެ އަންހެންކުއްޖެއް ކުޅެން އުޅުމުގެ ތެރޭގައި ދޮންނަ މެށިނެއްގައި ތާށިވެ، އެއިން ސަލާމަތް ކުރުމަށް ކުރި މަސައްކަތް ދައްކުވާދޭ ފޮޓޯ ސޯޝަލްމީޑިއާ ތަކުގައި ހަލުއިކަމާއެކު ފެތުރެން ފަށައިފިއެވެ.

މެށިނުގައި ތާށިވި ކުއްޖާ ސަލާމަތް ކޮށްފައިވަނީ ސައުދީގެ ސިވިލް ޑިފެންސްގެ ޓީމަކުންނެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބައެއް ކިޔުންތެރިން ވަނީ އެކުއްޖާގެ މަންމަ އިހުމާލު ވެފައިވާތީ އެކަން ކުއްވެރިކޮށް ހިޔާލު ފާޅުކޮށްފައެވެ. ބައެއް ކިޔުންތެރިން ބުނެފައިވަނީ މައިންބަފައިން ކިތަންމެވަރަކަށް ބެލިކަމުގައި ވިޔަސް ބައެއް ހަލަނި ކުދިން ކުޅެ އުޅުމުގައި ނުރައްކާތެރި ތަކެއްޗާ ކުޅެހަދާކަމަށެވެ.

ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި މެށިނުގައި ތާށިވި އަންހެންކުއްޖާ ސަލާމަތް ކޮށްފައި ވަނީ މެށިން ކަފާލައި ކުއްޖާތާށިވެފައި ހުރި މެށިނުގެ ހިއްކާ ބައިގެ ޑުރަމް މެށިނުން ނައްޓާލައި، ޑުރަމް ފަޅާލައިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ