[HEADER BANNER]
[AD]

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015: ޕޯލްސްޓަރ ޗެމްޕިއަންކަން ހޯދައިފި

21 އޮކްޓޫބަރު 2015 0

ވީއޭއެމްގެ ރައީސް މުހައްމަދު ރިޔާޒް (ކ) އިހަވަންދޫ ޓީމުގެ ކެޕްޓަން އަށް ތަށި ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ހަވީރު އޮންލައިން

އިއްޔެ ހަވީރު ހއ. ބާރަށުގައި ކުޅުނު ވީއޭއެމް ޕްރެޒިޑެންޓް ކަޕްގެ ފައިނަލުގައި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބު ސީދާ ތިންސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރ ހޯދައިފިއެވެ.

މި މެޗުގެ ސެޓުތައް ޕޯލްސްޓަރ ގެންދިޔައީ 25-22، 25-14 އަދި 25-23 އިންނެވެ. ޕޯލްސްޓަރ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމުވަނީ މުބާރާތުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުނތެރިޔަކަށް ހޮވިފައިވަނީ ޕޯލްސްޓަރގެ އައިމިނަތު އަހުމަދެވެ.

އުތުރުގައި ބޭއްވި ވީއޭއެމް ޕްރެޒިޑެންޓް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޯލްސްޓަރގެ ފާޠިމަތު ޠަހޫރާއެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ޕޯލްސްޓަރގެ ފަސް ކުޅުންތެރިއެއްވަނީ ހިމެނިފައެވެ. އެއީ ލިބަރޯ ނާޒިމާ އަބްދުލްވާހިދުގެ އިތުރުން އައިމިނަތު އަހުމަދާއި ފާޠިމަތު ޠަހޫރާ އަދި ލީލާ ހާމިދާއި ޝަފީޤާ މުޙައްމަދެވެ. މިކުޅުންތެރިންގެ އިތުރުން ދެން ޑްރީމް ޓީމުގައި ހިމެނެނީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބުގެ އައިޝަތު މާޖިދާ އާއި މުރައިދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އައިޝަތު ޝިފާނާ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމުގެ ޙައިސިއްޔަތުން ޕޯލްސްޓަރއަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުން ޖާގަލިބިފައިވާއިރު މުބާރާތުގެ ދެވަނަ ޓީމުގެ ގޮތުގައި އެމުބާރާތުން ޖާގަ ލިބިފައިވަނީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯޓްސް ކުލަބަށެވެ.

[BOTTOM CONTENT BANNER]
ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު), ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ