[HEADER BANNER]
[AD]

އަފްސަލްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

20 ނޮވެމްބަރު 2012 0

 

އިހަވަންދޫ ފައިވްސްޓާ، އަހުމަދު އަފްސަލް، 25، ގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން ހާމަކޮށްފައުވާ ގޮތުގައި އަފްސަލްގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައި މިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ހއ. އިހަވަންދޫގައި ހިންގި ޒުވާބެއްގައި މަރުގެ އިންޒާރު ދިނުމަށްފަހު ރޯކޮށްފައިހުރި ސިނގެރޭޓް ބުރިއެއް މީހެއްގެ ގައިގައި ޖެއްސި މައްސަލައިގަ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މަރުގެ އިންޒާރު ދިނުމަށްފަހު ރޯކޮށްފައިހުރި ސިނގެރޭޓް ބުރިއެއް މީހެއްގެ ގައިގައި ޖެއްސި މައްސަލައިގެ ތަޙުޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ