[HEADER BANNER]
[AD]

އަންނަ އަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ

30 ޑިސެމްބަރު 2015 0

ހއ އަތޮޅަށް ހުޅުވާލައިގެން، އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ (މުހައްމާ)ގެ އެހީތެރިކަމާއެކު ކުލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނައަހަރު 75،000 ރުފިޔާ ދެއްވާނެކަމަށް މުހައްމާ ވިދާޅުވެއްޖެއެވެ. އެހެން އެބޭފުޅާ ވިދާޅުވީ މިއަހަރުގެ މައިކަޕްގެ ފައިނަލް މެޗަށްފަހު އޮތް އިނާމުދިނުމުގެ ރަސްމިއްޔާތުގެ މެދުތެރެއިން އެތާތިބި ފަރާތްތަކާއި މުހާތަބުކުރައްވާ ވާހަކަދައްކަވަމުންނެވެ.

"އާދެ! 50،000 ރުފިޔާގެ ކަޕެއްގެ ގޮތުގައި މިއަހަރު މިމުބާރާތް ގެންދެވެނި. އެހެންނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ 2016 ވަނަ އަހަރު ދިހަވަނަ މުބާރާތް (މައިކަޕް) ކުރިޔަށްދާނީ ޗެމްޕިއަންޓީމަށް ﷲ އިރާދަކުރެއްވިއްޔާ 75،000 ރުފިޔާގެ ފައިސާގެ އިނަމަކާއިއެކު" މުހައްމާ ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި އެބޭފުޅާ ދެއްކުވި ވާހަކާގައިވަނީ މައިކަޕަށް ޓީމުތަކުން ކުރާ ބޮޑު ހޭދައިގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ.

މިއަހަރު މައިކަޕްގައި 16 ޓީމެއް ވާދަކުރިއެވެ. އޭގެތެރެއިން ބައެއް ޓީމުތަކުން 80،000 ހާހަށްވުރެ ގިނަރުފިޔާ ހަރަދުކުރިކަމަށް، ޓީމްތަކުން މިނޫހަށް މައުލޫމާތު ދީފައިވެއެވެ. މައިކަޕަކީ އިހަވަންދިއްޕޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު މުބާރާތްނަމަވެސް އެއީ ހއ އަތޮޅުގައި ބާއްވާ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ.

[BOTTOM CONTENT BANNER]
ކްލަބް ޕޯލްސްޓާރ, މައިކަޕް 2015, މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ