[HEADER BANNER]
[AD]

ފޯނުން އިންޓަނެޓް ބޭނުންކުރުމުގައި ހަރަދު ކުޑަކުރެވިދާނެ ގޮތެއް

ދިވެހި ޒުވާނުންގެ އާބާދީގެ ގިނައީ އިންޓަނެޓް އެޑިކްޓުންނެވެ. ބައެއް ޒުވާނުން އިންޓަނެޓްގައި އެތައް ވަގުތެއް ހޭދަކުރާއިރު، އެކަމަށް ބޮޑުހަރަދެއްވެސް ކުރެއެވެ. މި ސަރަހައްދުގެ ޤައުމުތަކާއި އަޅާބަލާއިރު ނިސްބަތުން ދިވެހިން ކިތަންމެ ޓެކްނޮލޮޖީ ވެގެން އުޅުނެއްކަމަކު މި ސަރަހައްދުގައި އިންޓަނެޓް އެންމެ އަގުބޮޑީ ރާއްޖޭގައެވެ.

ވުމާއި އެކު އިންޓަނެޓަށްކުރާ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ ނޫންހެއްޔެވެ. އެގޮތުން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުން ހިންގާ އަލާތަކުން އިންޓަރނެޓް ބޭނުންކުރާއިރު ހަރަދު ކުޑަކުރެވޭނެ ގޮތެއް ހިމަނާލާނަމެވެ.

ފޯނުން އިންޓަނެޓް އޮން ކޮށްލުމާއިއެކު ތިބާއަށް ނެފެނުނަސް ފަރުދާގެ ފުރަގަހުގައި އެތައް ހައިޖާނެއް ހިންގަން ފަށައެވެ. ވައިބާ، ބަލަނީ އޮފްލައިންގައި ހުއްޓާ އެއްވެސް މީހަކު މެސެޖެއް ފޮނުވި ތޯއެވެ. ފޮނުވާފައިވާނަމަ އަވަހަށް އެއެއް ޑައުންލޯޑް ކޮށްލައެވެ. އެހެން ތާރޑް ޕާޓީ އެޕްލޮކޭޝަންސް ތަކުގެ ހާލަކީވެސް މިއެވެ. ހުދު އޮންޑްރޮއިޑް ސިސްޓަމުގެ ހާލަކީވެސް މިއެވެ. މޫސުމާއިބެހޭ މައުލޫމާތު ހޯދަން ނިކަން އަވަސްވެ ގަނެއެވެ. އަދިވެސް އަދިވެސް އެތައް ހަރަކާތެއް ހިންގާ ގަނެއެވެ.

ކޮންމެ އަކަށް ބުނަން މިއުޅޭ ވާހަކައަކީ އިންޓަނެޓް އޮންކޮށްލާތާ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭ ފޯނު ބޭނުންކުރިޔަސް ނުކުރިޔަސް 2 އެމްބީ އާއި 10 އެމްބީއާއި ދެމެދުގެ ޑޭޓާ ހަރަދުކޮށްލުމީ އާނމުކަމެއްކަމުގައެވެ. ފޯނުގެ ވެރިފަރާތަށް ނޭގިއެވެ. އެފަރާތުގެ ހުއްދަނެތިއެވެ. އަގު ބޮޑުކޮށް ގަންނަ ޑޭޓާކޮޅު މިގޮތަށް ބޭކާރުވެގެން ދިއުމީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ.

ފަރުދާގެ ފުރަގަހުގައި ހިނގާ ޑޭޓާގެ މުއާމަލާތު ހުއްޓުވާނީ ކިހިނެއް

ފަރުދާގެ ފުރަގަހުގައި ހިނގާ ޑޭޓާގެ މުއާމަލާތު ތައް ހުއްޓުވުމަކީ އިންޓަނެޓްގެ ހަރަދު ކުޑަކުރުމަށް އެޅިދާނެ އެންމެ ހަރުދަނާ އެއް ފިޔަވަޅެވެ. ދެތިން ގޮތަކުން އެކަން ހާސިލް ކުރެވިދާނެއެވެ. އެންޑްރޮއިޑް އޯއެސްގައިވެސް އެކަމަށް ސެޓިންއެއް ހާއްސަކޮށްފައި ވެއެވެ. އަދި އެކަމަށް ހާއްސަ ތާޑް ޕާޓީ އެޕްލިކޭޝަންވެސް އެންރޮއިޑް މާކެޓްގައި ލިބެން އެބަހުއްޓެވެ.

އުންޑްރޮއިޑް އޯއެސް މެދުވެރިކޮށް ފަރުދާގެ ފުރަގަހުގައި ހިނގާ ޑޭޓާގެ މުއާމަލާތު ހުއްޓުވުން

މިކަން ކުރުމަށް ސެޓިންއަށް ދާށެވެ. އެއަށްފަހު ޑޭޓަރ ޔޫސޭޖަށް ވަންނާށެވެ. އެއަށްފަހު "ރެސްޓްރިކްޓް ބެކްގްރައުންޑް ޑޭޓަރ" ސެލެކްޓް ކޮށްލާށެވެ. އޭރުން ފަރުދާގެ ފުރަގަހުގައި ހިނގާ ޑޭޓާގެ މުއާމަލާތު ހުއްޓިގެން ދާނެއެވެ.

މިސެޓިންގް ހެދުމަށްފަހު ހިނގާ ޑޭޓަރ މުއާމަލާތު ތައް ހިނގާނީ ފޯނު ބޭނުންކުރާ ފަރާތުން އެޕްލިކޭޝަނެއް ހުޅުވުމުންނެވެ.

ފަރުދާގެ ފުރަގަހުގައި ހިނގާ ޑޭޓާގެ މުއާމަލާތުހުއްޓުވުމުން ދިމާވެދާނެ ބައެއް ދަތި

އެ ސެޓިން ހެދުމެން ޕްލޭ ސްޓޯރ ފަދަ ބައެއް އެޕްލިކޭޝަން ބޭނުމެއް ނުކުރެވޭނެއެވެ. އަދި އާ ނޯޓިފިކޭޝަންތައްވެސް ލިބުން ހުއްޓިގެން ދާނެއެވެ. ވައިބަރ ފަދަ މެސެންޖަރ އެޕްލިކޭޝަން ތަކަށް އާމެސެޖް ލިބޭނީ އެޕްލިކޭޝަން ހުޅުވާފައިވާނަމައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަސްލު ޑޭޓާ އަގު ބޮޑީ ދޯ؟

– 5 މާރިޗު 2016 0