ބުރިޖުގެ ދަށުވެ މަރުވި މީހުންގެ އަދަދު 23 އަށް

1 އޭޕުރީލު 2016 0

އިންޑިއާގެ ކަލްކަތާގެ ކާރޫބާރޫ ބޮޑު މަގެއްގެ މަތިން އިމާރާތް ކުރަމުންދިޔަ ބްރިޖެއްގެ ބައެއް ވެއްޓި އިއްޔެ ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފިއެވެ.

ވެއްޓިފައިވާ ބުރިޖުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައި ތިބި އިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން ހުއްޓާ ނުލާ ދަނީ ކުރަމުން ނެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ޓީމުގެ މެމްބަރުން ދަނީ ކުއްތާ އާއި އެފަދަ މަސައްކަތްތަކުގައި ބޭނުންކުރާ ކެމެރާއާއި އެހެނިހެން މެޝިނަރީޒް ބޭނުން ކުރަމުންނެވެ.

ކޮންކުރީޓާއި ދަނގަޑުން ހަދާފައިވާ މި ބުރިޖު ވެއްޓެއް ދިމާވި ސަބަބެއް އަދިވެސް ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯރޓުކޮށްފައިވާ ގޮތުގައި ޒަހަމުވެގެން ހޮސްޕިޓަލަށް ގެންދެވުނު 70 މީހުންގެ ތެރެއިން 39 މީހަކަށް އަދިވެސް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

2009 ވަނަ އަހަރުން ފެށިގެން އިމާރާތް ކުރަމުން އަންނަ މި ބުރިޖު ވެއްޓުމާ ގުޅިގެން ބުރިޖުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުޤީގު ފަށާފައިވާ އިރު، މަސައްކަތް ކުރަމުންދާ ކުންފުނީގެ ފަރާތުން ބުނެފައިވަނީ ބުރިޖު ވެއްޓެއް ދިމާވި ސަބަބެއް ބުނަން ނޭނގޭ ކަމަށާއި މަސައްކަތުގައި ފެންވަރު ދަށް ތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ކުންފުނީގެ ފަރާތުން ދޭނެ ކަމަށްވެސް ކުންފުނިން ވަނީ ބުނެފައެވެ. // އަލްޖަޒީރާ   

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ