[HEADER BANNER]
[AD]

ޕޯލްސްޓަރގެ ފުތަރަމަ މެޗު ސީދާ ތިންސެޓުން ކާމިޔާބުކޮށްފި

13 އޭޕުރީލު 2016 0

މިރޭގެ މެޗުން މޮޅު ކުޅުންތެރިޔަކަށްހޮވުނު ކްލަބް ޕޯލްސްޓަރގެ ޖާޒީ ނަންބަރު 12 ފާތިމަތު ތަހޫރާއަށް އިނާމު ހަވާލުކުރަނީ. - ފޮޓޯ:ވީއޭއެމް

މިހާރު ކުޅުދުއްފުށީގައި ކުރިޔަށްދާ، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު މުބާރާތުގައި އިހަވަންދޫ ކްލަބު ޕޯލްސްޓަރ ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ސީދާ ޓިންސެޓުން ކާމިޔާބުކޮށްފިއެވެ.

ނާވައިދޫ ޒުވާނުންގެ ޖަމިއްޔާއާއި ޕްލްސްޓާ ވާދަކުރި މިމެޗަކީ މިމުބާރާތުގެ 4 ވަނަ މެޗެވެ.

މިރޭ ކުރިޔަށްދިޔަ މިމެޗެގެ ފުރަތަމަސެޓް ފަސޭހަކަމާއިއެކު 25-5 އިން ޕޯލްސްޓާރ ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމް ކާމިޔާބުކުރީ 25-12 އިންނެވެ. އަދި ފަހުސެޓް ކާމިޔާބުކުރީ 25-10 އިންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް ޕޯލްސްޓަރގެ ޖާޒީ ނަންބަރު 12 ފާތިމަތު ތަހޫރާއެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް ބައްދަލުކުރި މެޗް 3-1 ސެޓް ކާމިޔާބުކުރީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތެވެ. މިމުބާރާތުގައި ޖުމްލަ 4 ރަށަކުން 5 ޓީމެއް ވާދަކުރެ ވެއެވެ. އެއީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އާއި ޒިގްޒެގް އާއި އިހަވަންދޫ، ކުލަބް ޕޯލް ސްޓަރ އާއި ނޮޅިވަރަމް ކުލަބް ހުވާސް އާއި ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ. ފާއިތުވި ދެއަހަރު މިމުބާރާތުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ، ކުލަބް ޕޯލް ސްޓަރއެވެ.

[BOTTOM CONTENT BANNER]
ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު), ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ