ޕޯލްސްޓަރ އަށް ތަށި މިލްކު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް :ކޯޗް

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕު 2015 ގައި ބައިވެރިވި ޕޯލްސްޓަރގެ ޓީމު. ފައިލް ފޮޓޯ
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށް ޕޯލްސްޓަރ އަށް ތަށި މިލްކު ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް އެޓީމުގެ ކޯޗު ބުނެފިއެވެ.
މިއަދު ހދ. ކުޅުދުއްފުށީގައި ފެށުނު ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު މުބާރާތުގައި އިހަވަންދޫ ކްލަބު ޕޯލްސްޓަރ ބައިވެރިވުމަށް ހދ. ކުޅުދުއްފުއްޓަށް ފުރުމުގެ ކުރިން، ޕޯލްސްޓަރގެ ވޮލީ ޓީމުގެ ކޯޗް އަލްފާޟިލް އަޙުމަދު ޢަބުދުއްޞަމަދު އިހަވަންދޫޑޮޓްކޮމް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިއަހަރަކީ ޕޯލްސްޓަރ އަށް ވަރަށް މުހިއްމު އަހަރެއް ކަމަށާ ތަށި މިލްކު ކުރުމަށްޓަކައި ނިމިދިޔަ ދެ އަހަރު ފަދައިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި ޕޯލްސްޓަރގެ ފަރާތުން ބައިވެރިވާ ޓީމަކީ 2015 ވަނަ އަހަރު މާލޭގައި ބޭއްވި ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވެފައިވާ ޓީމެއް ކަން ފާހަގަ ކުރައްވާ އަޙުމަދު ވިދާޅުވީ އެމުބާރާތުގެ ގަދަ ފަހެއްގައި ވާދާ ކުރި ދެކުޅުން ތެރިން ކަމަށްވާ ޝަނީޒާ އަދި ތޮހޫރާވެސް މިމުބާރާތުން ފެނިގެން ދާނެ ކަމަށެވެ.
އަހުމަދު އިތުރަށް ވިދާޅުވީ، ސުކޫލު ބަންދު ދުވަސްކޮޅަކަށް ނުވާތީ އާއި އެކު ޓީމުގެ ޕުރެކްޓިސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، ޓީމާއި މެދު އުއްމީދު އެބައޮތް ކަމަށާއި ތަށި ދިފާޢު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މިމުބާރާތުގައި ޖުމްލަ 4 ރަށަކުން 5 ޓީމެއް ވާދަކުރެ ވެއެވެ. އެއީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އާއި ޒިގްޒެގް އާއި އިހަވަންދޫ، ކުލަބް ޕޯލް ސްޓަރ އާއި ނޮޅިވަރަމް ކުލަބް ހުވާސް އާއި ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ.
ޚިޔާލު ފައުޅުކުރުން