[HEADER BANNER]
[AD]

އެއްވެސް މެޗަކުން ބަލިނުވެ ޕޯލްސްޓަރ ފައިނަލަށް

17 އޭޕުރީލު 2016 0

މިހާރު ކުޅުދުއްފުށީގައި ކުރިޔަށްދާ، ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު މުބާރާތުގައި ފައިނަލްގެ ފުރަތަމަ ޖާގަ އިހަވަންދޫ ކްލަބު ޕޯލްސްޓާއިން ހޯދައިފިއެވެ.

ޕޯލްސްޓަރ އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައި މިވަނީ ރޭ ސޮސައިޓީ ފޯރ ކުޅުދުއްފުށި ޔޫތާއި ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗުގެ ސެޓުތައް އިހަވަންދޫ އިން ކާމިޔާބުކުރީ 25-14، 25-17 އަދި 25-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޯލްސްޓަރ ޓީމުގެ ފާތިމަތު ތަހޫރާއެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ޕޮއިންޓު ތާވަލުގެ އެންމެ ކުރީގައި 12 ޕޮއިންޓާ އެކު ޕޯލްސްޓަރ އޮތް އިރު މިޓީމަކީ ފާއިތުވެ ދެއަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ އާދިއްތަ ދުވަހުގެރޭ ކުޅުދުއްފުއްޓާއި ނޮޅިވަރަމް ބައްދަލުކުރާ ސެމީ ފައިނަލް މެޗަށްފަހު އެވެ. މި ދެޓީމުގެ ތެރެއިން ކުޅުދުއްފުށި ސެމީއަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދައިގެންނެވެ. އަދި ނޮޅިވަރަމް ކްލަބު ހުވާސް ސެމީއަށް ދަތުރުކުރީ 5 ޕޮއިންޓް ހޯދައިގެންނެވެ.

ޖުމްލަ 5 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ އަންގާރަ ދުވަހުއެވެ.

[BOTTOM CONTENT BANNER]
ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު), ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ