ރައީސްއެވެ! އަޅުގަނޑު ހަނާވަނީއެވެ.
-ފޭސްބުކް އެޑިކްޓް-
ލޮބުވެތި ރައީސްއެވެ. އަޅުގަނޑަކީ މަނިކުފާނު ވެރިކަން ކުރައްވާ، ރާއްޖޭގެ ނިކަމެތި ރައްޔިތަކީމެވެ. އަޅުގަނޑަށް ލިބޭ މުސާރައިން އާއިލާގެ ހަރަދުތައް ކޮށްފައި ބާކީކުރެވެނީ ނިކަން ކުޑަ މިންވަރެކެވެ. މާލީތަނަވަސްކަން ކުޑަ ކަމުގެ ސަބަބުން ބައެއްކަކަލަ ހައްސާސީ ބޭނުންތައް ފުއްދުމަށްވެސް އަޅުގަނޑުވަނީ ނާޗާރުވެފައެވެ.
ނަވެސް އަޅުގަނޑު އެއްކަމެއް ކުރަމެވެ. ލިބޭ މަދު ފައިސާކޮޅުން ބައެއް، ޑާޓާ ޕެކޭޖެއް ގަތުމަށް ކޮންމެ މަހަކުވެސް ހާއްސަކުރަމެވެ. ބަވަނަވަމުންދާ ދުނިޔޭގައި އިންޓަނެޓަރ ނުލައި އަރާހަމަކުރެވޭނެގޮތެއް ނެތެވެ. ވިމާ އިންޓަނެޓަކަކީ އަޅުގަނޑަށް ވަރަށް ޒަރޫރީ އެއްޗެކެވެ. އަޅުގަނޑު ކަހަލަ ފޭސްބުކް އެޑިކްޓަކަށް ވާނީ އެހެންތާއެވެ. އެހެންމީހުންގެ ގޮތެއް ނޭނގެއެވެ. ނަމަވެސް ހިތާމައަކީ މިރާއްޖޭގައި އޭގެ އަގު ފަލަކަމެވެ. މަނިކުފާނު ވެސް ކަންތައް ކުރެއްވީ ވަރަށް ދެރަވަރުކޮށެވެ. މަނިކުފާނު މަޖިލީހުގެ ގޮނޑި ހޫނުކުރެއްވި ދުވަސްވަރު ވިދާޅުވަމުންގެންދެވި ގޮތާއި މުޅިން ހިލާފަށެވެ. ކުރިން ހުރިވަރަށްވުރެ އޭގެ އަގު 6% ފަލަކޮށްލެއްވީއެވެ.
އެދުވަސްވަރު މަނިކުފާނަށް އަޑުއިވުނެވެ. އަޅުގަނޑުމެން ކަހަލަ ސޯޝަލް މީޑިއާގެ މަންސަތައް ބޭނުންކުރާމީހުންގެ ޝަކުވާއެވެ. އިންޓަނެޓްފަދަ މުވާސަލާތީ ވަސީލަތްތަކަށް ކުރަންޖެހޭ ހޭދައިގެ ބޮޑުކަމުގެ ޝަކުވާއެވެ. ވިދާޅުވީމް ނޫންތޯއެވެ؟ މުވާސަލާތީ ވަސީލަތްތަކުން ޓެކްސް ނެގުމަކީ ހެއޮވާވަރުގެ ކަމެއް ނޫންކަމަށެވެ. ނަމަވެސް މިއަދު ތިޔަ ހެއްދެވީ ކިހިނެއްތޯއެވެ؟ ތިޔަ ހެއްދެވީ ކިހިނެއް ތޯއެވެ؟
މަނިކުފާނު ގެންގުޅުއްވާ ޕާޓީގެ މަޖްލިސް މެމްބަރަކު ވިދާޅުވިހެން އަޅުގަނޑުވެސް ބުނެލާނަމަވެ. އިއްޒަތްތެރި މަނިކުފާނެވެ. "މަނިކުފާނަކީ ދުނިޔޭގައި ހުންނެވި އެންމެމޮޅު އިކޮނޮމިސްޓެވެ. އޭޝިޔާގެ ނަންބަރު ތިނެކެވެ." ވީމާ މިކަމަށް ހައްލެއް ގެނެސްދޭންވީއެއް ނޫންހެއްޔެވެ. މަނިކުފާނިގެ އިކޮނޮމިސްޓިކް ހިކުމަތު އަމަލީ ބޭނުންކުރައްވާ އިންޓަނެޓްގެ އަގު އަޅުގަނޑުމެންގެ އަތްފޯރާ ފަށަށް ތިރިކޮށްލަ ދޭންވީ ނޫންހެއްޔެވެ.
ދެން އަނެއްވާހަކައެވެ. މަނިކުފާނެވެ. ވަރަށް އާދޭހާއިއެކު ދަންނަވަމެވެ. ދެން އިތުރަށް ކަރަންޓްގެ އަގު ހެއޮނުކުރައްވައްޗެވެ. މިހާރު ދެތިންފަހަރު އެކަން ކުރައްވާފީމެއްނޫންހެއްޔެވެ. މީގެ ހަފްތާއެއްހާދުވަސްކުރިން އަނެއްކާވެސް ކަރަންޓްގެ އަގު ހެއޮކުރައްވާނަމޭ މަނިކުފާނު ވިދާޅުވިފަހުން މިހުންނަނީ ބިރުން ވިރިވިރިއެވެ.
ދިވެހިން ގަބޫލުކުރެއެވެ. މަނިކުފާނަކީ އިކޮނޮމިސްޓެއްކަމެވެ. މޮޅު އިކޮނޮމިސްޓެއްކަމެވެ. މަނިކުފާނު ތިޔަ ހުންނެވީ ދައުލަތުގެ އެންމެއިސްވެރިޔާއަށެވެ. އަޅުގަނޑަށްވެސް އެނގެއެވެ. މަނިކުފާނު ދައުލަތަށް ދެރައެއް ލިބޭގޮތަށް ކަމެއް ނުކުރައްވާނެކަމެވެ. ކަންކުރައްވަމުންވެސް ތިޔަގެންދަވަނީވެސް އެމަގުންނެވެ. ދައުލަތުން ކަރަންޓަށްކުރާ ހޭދަ މަނިކުފާނުގެ ހިކުމަތު އަމަލީ ބޭނުން ކުރައްވައިގެން ބޮޑުތަނުން ކުޑަކުރައްވައިފިއެވެ. ސަބްސިޑީ ކަނޑައިލައްވާފިއެވެ. ނަމަވެސް އަޅުގަނޑުމެންކަހަލަ ނިކަމެތިންގެ ޖީބަށްވީ ބަރެވެ.
ވީމާ ދެން ކަރަންޓްގެ އަގު ހެއޮނުކޮށް ބޮޑުކޮށް ދެއްވާށެވެ. އިންޓަނެޓްގެ އަގުވެސް ބޮޑުކޮށްދެއްވާށެވެ. އޭރުން އަޅުގަނޑުމެން ކަހަލަ ނިކަމެތިންގެ ޖީބަށް ލުއިވާނެ ތޯއްޗެކެވެ.
ޚިޔާލު ފައުޅުކުރުން