ފަސޭހަ ލެޓިން، ގޫގަލް ޕްލޭސްޓޯރަށް

އިހަވަންދޫ.ކޮމްގެ ފެހިހިޔަނި ވާޝަނާއި އެކު ވުޖޫދު ކުރެވިފައިވާ ފަސޭހަލެޓިން ސާވިސް، އެންރޮއިޑް އެޕެއްގެ ގޮތުގައި ތަރައްޤީކޮށް ގޫގަލް އެޕްސްޓޯރަށް ދޫކޮށްލައިފިއެވެ. ފަސޭހަ ލެޓިން އަކީ ތާނައިން ލިއެފައިހުންނަ ލިއުންތައް ލެޓިން އަކުރަށް ބަދަކުރުމަށް ބޭނުންކުރެވޭނެ އެޕެކެވެ.

މިއެޕްގެ ޑިވޮލޮޕަރ އަދުހަމްބުނީ މިއެޕް އުފެއްދީ ފޭސާހަކަމާއިއެކު ތާނަ ލިޔުންތައް ލެޓިނަށް ބަދަލުކުރުމުގެ ފަސޭހަ ފޯރުކޮށްދިނުމަށް ކަމުގައެވެ. "ޓެކްނޮލޮޖީ މިހާކުރިއަރާފައިވާނަމަވެސް އަދިވެސް މެސެޖްކުރުމުގަޔާއި އެފްބީ އަދި ވައިބާގާވެސް ލެޓިން ބޭނުންކުރަންޖެހޭ، އެހެންކަމުން ބޭނުންވީ ފަސޭހަކަމާއިއެކު ތާނަލިޔުންތައް ލެޓިނަށް ބަދަލުކޮށްލެވޭފަދަ ސާވިސްއެއް އުފައްދަން." އެޕް ތަރައްޤީކުރުމުގެ ހިޔާލުއައީ ކީއްވެކަން އަދުހަމް ތަފްސީލް ކޮށްދިނެއެވެ.

ފަސޭހަ ލެޓިން އެޕްގެ އެހީއާއިއެކު އިނގިރޭސި ނޭގޭ މީހުންނަށްވެސް، ފޭސްބުކް އަދި ވައިބަރފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ފަސޭހަ ކަމާއިއެކު މުއާމަލާތުކުރެވޭނެ މަގު ހުޅުވިގެން ދާނެއެވެ.

ފަސޭހަ ލެޓިން ޕްލެޓް ފޯމްގައި މިހާތަނަށްވަނީ ތިން ހިދުމަތެއް ގާއިމް ކުރެވިފައެވެ. އެއީ ފަސޭހަ ލެޓިން އެންރޮއިޑް އެޕް، ފަސޭހަ ލެޓިން ވެބްބޭސްޑް ސާވިސް އަދި latin.ihavandhoo.com އެވެ.

http://faseyhalatin.ihavandhoo.com

އިހަވަންދޫ ޑޮޓް ކޮމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ