ކަމެއް ގޯސްވެއްޖެއްޔާ ނޫނީ ނުވެއްޖެއްޔާ ކައުންސިލް : އާޞިފް

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާޞިފް ފޮޓޯ:ފޭސްބުކް
ކަމެއް ގޯސްވެއްޖެއްޔާ ނޫނީ ނުވެއްޖެއްޔާ (އެކަމެއް ނުވަނީ) ކައުންސިލްގައި ގަމާރުބަޔަކު ތިބޭތީ ކަމަށް (ބުނާކަމަށް) އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާޞިފް ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ މިއަދު އެބޭފުޅާގެ ފޭސްބުގައި ޖެއްސެވި ސްޓޭޓަސްއެއްގައެވެ.
"ކަމެއްގޯސްވެއްޖެއްޔާ ނޫނީ ކަމެއް ނުވެއްޖެއްޔާ ކައުންސިލް: ގަމާރުބަޔަކު ކައުންސިލްގައި ތިބޭތީނުވަނީ. ކަމެއް ރަނގަޅުވެއްޖެއްޔާ އެބޭފުޅުންގެ ހެއޮފުޅުކަމާއި ބުރަމަސައްކަތް. ނިވާފަތްގަނޑަކަށް ކައުންސިލް ހަދައިގެން. މީއައްޑާއެއްނޫން." އާޞިފްގެ ސްޓޭޓަސްގައި ލިއުއްވާފައިވެއެވެ.
އާޞިފްގެ ފަރާތުން މިފަދަ ސްޓޭޓަސްއެއް ފުނުނިއިރު ފަހަކަށް އައިސް ބައެއްކައުންސިލަރުންނަށް، އެކައުންސިލަރުން ނިސްބަތްވާ ޕާޓީގެ އެކްޓިވިސްޓުންގެ ފަރާތުންވެސް ވަރަށްބޮޑަށް ފާޑުކިޔަމުންދާކަން ފާހަގަކުރެވެއެވެ.
ޚިޔާލު ފައުޅުކުރުން