ރައީސް މައުމޫން އިސްތިޢުފާ ދެއްވުމަށް މުންޒިރު މުޙައްމަދު ގޮވައިލައްވައިފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެ މަޤާމުން އިސްތިޢުފާ ދެއްވުމަށް، އިހަވަންދޫ ކައުންސިލް މެމްބަރ އަދި އިހަވަންދޫ ދާއިރާގައި ޕީީ.ޕީ.އެމްގެ އެންމެ ނުފޫޒު ގަދަ އެއް މެމްބަރު ހއ. އިހަވަންދޫ / އާސިމާމަންޒިލް، މުޙައްމަދު ރަޝީދު (މުންޒިރު މުޙައްމަދު) ގޮވައިލައްވައިފިއެވެ.
މުންޒިރު މުޙައްމަދު މި ގޮތަށް މި ގޮވައިލެއްވީ، ޕީ.ޕީ.އެމްގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމާއި އެ ޕާޓީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެ ވަޑައިގެންނެވި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެމެދު ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން އުފެދިފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.
މުންޒިރު މުޙައްމަދު ފޭސްބުކްގައި ލިޔުއްވާފައި ވަނީ "މިއަދު މި ގައުމަށް އަދި ޕީ.ޕީ.އެމް އަށް އެންމެ ރަނގަޅު ގޮތަކީ ރައީސް މައުމޫން ޕީ.ޕީ.އެމްގެ ރައީސްކަމުން ޝަރުފުވެރިކަމާއެކު އިސްތިޢުފާދެއްވުން ކަމުގައި ދެކެން" ކަަމަށާއި، "ސިޔާސީ ޕާޓީ އަކީ ތިމާ ހޮވައިގެން އުޅޭ "ހުދަންބަރެއް" ކަމަށް ދެކުމަކީ ވަރަށް "ކަލްޓް" ސިފައެއް" ކަމަށާއި، "ޕީ.ޕީ.އެމްގެ ލީޑަރަކީ (ރައީސް) ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައި ހަދަން އެބަ ޖެހޭ" ކަމަށާއި، "ރައްޔިތުން ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރެވޭނީ އޭރުން" ކަމަށާއި، "އެ ދުވަހުވެސް މިއަދުވެސް އިންޝާﷲ މާދަމާވެސް ރައީސް ޔާމީނާއެކު" ހުންނަވާނެ ކަމަށެވެ.
އަދި އިތުރަށް މުންޒިރު މުޙައްމަދު ލިޔުއްވާފައި ވަނީ "ޕީ.ޕީ.އެމްގެ ރައީސް އަށް ވަރަށް އިޙްރާމާއެކު ދަންނަވަމެވެ. ޤައުމު ހިންގިއަ ދޭށެވެ. ޕާޓީ ހިންގިޔަ ދޭށެވެ. ތަޅާ ނުފޮޅާ ރީތިކޮށް ރައީސް ޔާމީން އަށް ޕާޓީގެ ހިންގުންވެސް ހަވާލު ކުރާށެވެ. ޕާޓީގައި ބައްދައިގެން ތިއުޅޭ ބަގުޑި ދޫކޮށްލާށެވެ. ނޫނީ މަނިކުފާނު ގާނޫނީ ގޮތުން ޕާޓީގެ ހަފޮޅުން ބޭރު ކޮއްފާނެވެ. ރައީސް ޔާމީން ވެރިކަމުގައި ހުރުމުން މަނިކުފާނާއި މަނިކުފާނުގެ އާއިލާއަށް ލިބޭނެ ހަމަ އެއްވެސް ދެރައެއް ނެތެވެ. އެކަން މިހައިތަނަށް ވެސް ރައްޔިތުންނަށް އެބަ ފެނެއެވެ. ގޮތް ދޫކޮށްފައި ގައުމު ހިނގިއަ ދޭށެވެ." މި ފަދައިންނެވެ.
މުންޒިރު މުހައްމަދު ފާޅުކުރެއްވި މި ޚިޔާލުތަކާއެކު އޭނާއާ ސިޔާސީގޮތުން އެއް ފިކުރެއްގެ މީހުންވެސް ހިމެނޭ ގޮތުން އެތައް ބަޔަކު ދަނީ އޭނާއަށް ރައްދުދީ ނުރުހުން ފާޅުކޮށް ރައީސް މައުމޫނަށް ތާޢީދުކޮށް ތަޢުރީފް ކުރަމުންނެވެ.
ޚިޔާލު ފައުޅުކުރުން