[HEADER BANNER]
[AD]

ސްކޫލު ބަންދު ކުރުން އަރަތަކަށް!

ހަނދާނަށް އަންނަނީ 2015 އަހަރު މިނިވަން ފަންސާސް ލައިގަނެގެން އުޅުނު ދުވަސްވަރެވެ. އެއީ އެ އަހަރުގެ ހަމަ މި ދުވަސްވަރެވެ. މި އަހަރެކޭ ވެސް އެއް ފަދައިން އެ ދުވަސްވަރު ރާއްޖޭގެ ކަންކޮޅުތަކުގައި ޑެންގީ ފެތުރެމުން ދިޔައެވެ. ބައެއް ހިސާބުތަކުގައި ބޮޑަށެވެ. އަނެއްބައި ހިސާބުތަކުގައި ކުޑަކުޑަކޮށެވެ. އިހަވަންދޫއިން ދެ ތިން ކުއްޖަކަށް ޖެހުނެވެ.

ކުއްލިއަކަށް ސާރުކާރުން ނިންމުމެއް ނިންމެވިއެވެ. ޑެންގީ ފެތުރޭތީ ހަމަ ކޮންމެހެން ވެސް ރާއްޖޭގެ ސްކޫލްތައް ބަންދު ކުރަން ޖެހޭ ކަމަށް އިޢުލާނު ކުރެއްވިއެވެ. 2015 އަހަރުގެ ޖޫން 30 ވަނަ ދުވަހު ސްކޫލުތައް ބަންދުކުރިގޮތަށް، ސްކޫލުތައް އަލުން ހުޅުވީ އޮގަސްޓް 2 ވަނަ ދުވަހުއެވެ. މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ކިޔެވުން ދަރިވަރުންނަށް ނަގައިލިއެވެ.

އެކަމަކާ ފާޑެއް ކީ މީހަކު ނޫޅެއެވެ. އެއީ ހަމަ އެންމެ މޮޅު ފުރިހަމަ ނިންމެވުމަކީތާއެވެ. ކޮންމެހެން ވެސް އަޅުއްވަން ޖެހިގެން އެޅުއްވި ފިޔަވަޅެކީތާއެވެ. ރައްޔިތުން އެ ދުވަހު ޤަބޫލު ކުރީ އެ ގޮތެވެ. މިނިވަން ފަންސާހުގެ ތައްޔާރީތަކަށް ސްކޫލުތަކުގެ ކިޔެވުން ޤުރުބާން ކުރީ ކަމަށް ބަޔަކު ބުނެ އުޅުނަކަސް އެކަން ޤަބޫލު ކުރި މީހަކު ނޫޅެތެވެ.

ކޮންމެއަކަސް އެ ދުވަސް ވެސް މާޒީވީއެވެ. ތަޖުރީބާއެއްގެ ގޮތުގައެވެ. އިބުރަތެއްގެ ގޮތުގައެވެ.

ދެން މި އަހަރެވެ. އެއްކަލަ މޫސުމެވެ. މިނިވަން ދުވަސް ލައިގެންފިއެވެ. މިނިވަން ފަންސާހެއް ނޫން ވިއްޔާއެވެ. މާބޮޑު ތައްޔާރީތަކެއް ނޯންނާނެ ނޫންތޯއެވެ. ކަންދިމާކުރި ގޮތުން މާލޭގައި މާ ބޮޑަކަށް ޑެންގީ ފެތުރެނީކީ ވެސް ނޫނެވެ. އަދި ރާއްޖޭގެ ކަންކޮޅުތަކުގައި ވެސް އެހެން އަހަރުތަކާ ނިސްބަތުން އަޅާކިޔާއިރު މި އަހަރު މާ ބޮޑަށް ވެސް ޑެންގީ ފެތުރޭ ނިސްބަތް ދަށީއެވެ.

ނަމަވެސް އިހަވަންދޫ ތޯއެވެ. އިތުރު ތަފްސީލަކަށް ހާސަރަކަށް ދާކަށް ނުޖެހެއެވެ. ފާއިތުވި ދެތިން މަސް ދުވަސް ތެރޭ އިހަވަންދޫގެ އާބާދީގެ ތިން އިންސައްތަ މީހުންނަށް ޑެންގީ ހުން ޖެހިއްޖެއެވެ. ކޮންމެ ދުވަހަކު ފަސް ހަ މީހަކަށް ބަލިޖެހެމުން ދަނީއެވެ. އެތައް ބަޔަކު އެނދުމަތި ކޮށްފިއެވެ. މަރުކަޒުން ޖާގަ ހުސްވެއްޖެއެވެ. މުޅި މަރުކަޒުގައި ކަންބޮޑުވުމާއި ހާސް ކަމުގެ އަޑު ގުގުމާލައިފިއެވެ. ރައްޔިތުން ކޮޅުކޮޅަށް ދުވަނީއެވެ. ސަލާމަތަށް އެދި އާދޭސް ކުރަނީއެވެ.

އިސާހިތަކު އެއްކަލަ ސްކޫލް ބަންދު ކުރަން މުއައްސަސާތަކުން ސަރުކާރުގައި އެދެފިއެވެ. ތަކުރާރުކޮށް އެދެފިއެވެ. ހުއްދައެއް ނުދެއްވިއެވެ. ރައްޔިތުންގެ ފާޑު ކިއުމާއި ނުރުހުން ބަންޑުން ކޮށްލައިފިއެވެ. ކައުންސިލަށް ގޮތް ހުސްވެ، ދަރިން ސްކޫލަށް ނުފޮނުވުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފިއެވެ.

ނަމަވެސް ސްކޫލުގެ ވެރިންނަށް ސްކޫލް ނުހުޅުވައި ބެހެއްޓޭކަށް ނެތެވެ. އިތުރު ހަރަކާތްތައް ވެސް ބާރަށް ކުރިއަށް ގެންދަނީއެވެ. ނައި ކުއްޖަކަށް ފިލާވަޅު ގެއްލުނީއެވެ. މަތިން ނާންގަވާ ނަމަ ވެރީންނެއް ކަމަކު ވަކި ކުރެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟ ސްކޫލު ބަންދު ނުކޮށްގެން އެކަމަށް ފާޑުކީމާ ލިޔާ މީހުންނާމެދު ސްކޫލް ވެރިން ކޯފާވުމަކީ ދެރަ ކަމެކެވެ. 

ސްކޫލް ބަންދުކުރުމާ ދެކޮޅު ހަދާ ބަޔަކުވެސް އުޅޭ ކަމަށްވެއެވެ. އެބަޔަކު ބުނަނީ ސްކޫލް ބަންދު ކުރީމާ ޑެންގީ ހުން ކޮށްޓްރޯލްވޭ ހެއްޔޭއެވެ. ޖަވާބު ސާފެވެ. އެއްބަހެވެ. ވަކި އެކަމަކުން އެކަނި ޑެންގީ ކޮންޓްރޯލެއް ނުވާނޭ ނޫންތޯއެވެ.

ކަމެއް ކުރުމުގެ މުޅި ޖުމްލަ މަގުސަދާއި މަފްހޫމް އޮޅުވައިލުމަކީ ދެރަކަމެކެވެ. އިހަވަންދޫގައި ޑެންގީ ހުމުގެ ބަލިމަޑުކަން އިންތިހާއަށް ބޮޑުވެ، އެ ބަލިމަޑުކަން ބޮޑު އާފާތަކަށްވެފައި ވީހިނދު، މި މުސީބާތުން ސަލާމާތްވުމަށް އެދި ރައްޔިތުން ކަޅިއަރާފައިވާ މިދަނޑިވަޅު، ރައްޔިތުންގެ މަގުސަދަކަށް ވެފައި ވަނީ ޑެންގީގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެޅެން އޮތް ކިތަންމެ ކުޑަ ފިޔަވަޅެއް ވިޔަސް އެޅުމެވެ. ޑެންގީ ފެތުރުމަށް ކުޑަ ވިޔަސް ފުރުސަތެއް ނުދިނުމެވެ.

އެއްވެސް ޝައްކެއް ވަސްވާހެއްވެސް ނެތްް ގޮތުގައި، ކުދިން ސްކޫލަށް އެއްވުމަކީ ޑެންގީ ފަތުރާ މަދިރިއަށް ބަލި ފެތުރުމަށް ވަރަށް ފުޅާ ފުރުސަތެއް ހުޅުވައިލުމެވެ. ވީމާ އެ ފުރުސަތު ބަންދު ކުރުމަކީ ޑެންގީ ބަލި ފެތުރިގެން ދިއުމާ ދެކޮޅަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެއް ކަމާމެދު ހޭބުއްދި ހުރި އިންސިއަކު އަޅެ ފަހެ ދެބަސްވުމަށް ދެއްކޭނީ ކޮން ހުއްޖަތެއް ހެއްޔެވެ؟

އެބައި މީހުން ބުނެއެވެ. ސްކޫލުގައި މަދިރިއެއް ނޫޅޭނެއޭއެވެ. ކަނޑައެޅިގެން ބުހުތާނު ދޮގެވެ. އިހަވަންދޫގައި އުޅޭ އެއްޗެއް އިހަވަންދޫ ސްކޫލަށް ނުވަދެ އުޅޭންވީ ކޮން ފަދަ ފަންޑިތައެއްގެ ސަބަބުން ބާއެވެ!!

ހަގީގަތް ގަބޫލު ކުރަމާތޯއެވެ. މި ދަނޑިވަޅު ސްކޫލް ބަންދުކުރުމީ ނުހަނު ބޭނުންތެރިކަމެކެވެ. ގެއްލޭ ފިލާވަޅަކީ ފަހުންވެސް ނަގައިދެވޭނެ އެއްޗެކެވެ. ރައްޔިތުންނަށް މުހިންމީ ފުރާނައެވެ. މިހާރުން މިހާރަށް ފިލާވަޅު ނެގުމެއް ނޫނެވެ. މި ދަންނަވަނީކީ ހާލަތާއި ވަގުތުގެ ގޮތުން ކިޔަވައިނުން ހުއްޓައިނުލާ ކުރިއަށް ގެންދާން ޖެހޭ، ގްރޭޑް 10 ފަދަ ގްރޭޑްތަކަށް ކިޔަވައިދިނުން ދޫކޮށްލާ ވާހަކައެއް ނޫނެވެ. އެކަމަށް ވެސް ގޮތެެއް ހޯދިދާނެ ނޫންތޯއެވެ.

ވީމާ "އެއްވެސް ސަބަބެއް މެދުވެރިވެރި ވެފައި ނެތި" މިދިޔަ އަހަރު މަސް ދުވަހަށް ވުރެ ގިނަ ދުވަހު ސްކޫލް ބަންދުކޮށްފައި، މި ދަނޑިވަޅު ކޮްންމެހެން ވެސް އިހަވަންދޫ ސްކޫލް ބަންދު ކުރާން ވީމާ ކޮންހާ ބަހަނާއެއް ދައްކާކަށް ހެއްޔެވެ! ރައްޔިތުން ބިކަވެ ހާލުގައި ޖެހިފައި ތިބި މި ދަނޑިވަޅު ރައްޔިތުން އިތުރަށް ކެކޭނެހެން ޢަމަލު ކުރުމަކީ ގޯހެކެވެ. ތިޔަ ގޯސް ނަހައްދަވާށެވެ!

ސްކޫލް ބަންދުން ކުރުން އަރަތަކަށް ނަހައްދަވާށެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރަށްވެސް ފުރިހަމަ ލިޔުމެއް․މިނިވަން ފަންސާހަށް ސްކޫލް ބަންދުކުރި 1 މަހަށް ޑެންގޫ ފެތުރެނިއޭ ކިޔަހަ․ ރަންކޮޅާ މީ ސަރުކާރެއް

– 15 ޖުލައި 2016 0

މިއަހަރު ޑެންގީ ފެތުރުމާ ގުޅިގެން ސްކޫލް ބަންދުކުރަން އެދުނީމާ: "ސްކޫލް ބަންދުކޮށްގެން މަދިރި ކޮންޓްރޮލްވޭތަ․․ޑެންގޫ ފެތުރުމަށް ހައްލެއް ލިބޭތަ․․․ސްކޫލަކުން މަދިރިއެއް ނުފެނޭ․․․․ސްކޫލަކު މަދިރިއެއް ނޫޅޭ․․․․ސްކޫލް ބަންދުކުރުމަކީ ހައްލެއްނޫން․․"․އަދިވެސް އިތުރު ބަހަނާތަކެއް․․ ނަމަވެސް މިދިޔަ އަހަރު ޑެންގީގެ ސަބަބުން ސުކޫލް ބަންދުކުރީ ކީއްވެތޯ؟؟؟ އެ ބަހަނާތައް އޭރު ކޮބާބާ؟؟ ކޮބާތޯ ތިބުނާ އިންސާފަކީ؟؟ މާލެއާއި އަތޮޅުތަކުގެ ދެމެދުގައި އެއްވެސްވަރެއްގެ ތަފާތެއް ނުބޭއްވުމަށް ބުނަމުންދާ ބަސްތައް ކޮބާބާ؟؟؟

– 15 ޖުލައި 2016 0

މި ކީކުރަން އައިސް ގެން އުޅޭ ވަފުދެއްތަ؟ ހީވަނީ މި މީހުން މި އައީ އިހަވަންދޫ އަށް މަޖާ ނަގަން ހެން․․․ ކިތައް ފަހަރު ބުނަން ޖެހޭނީ ޑެންގޫ އަކީ ކޮބާ ކަން ނެނގޭ ކުޑަ ކުއްޖަކު ވެސް މިހާރު މި އިހަވަންދޫ ގައި ނޫޅޭނޭ․․․ އަދިވެސް ސުކޫލު ބަންދު ނުކުރެވޭތޯ އުޅެނި․․․ ހަމަ އަޖައިބު ވެއްޖެ މި ވަފުދަކާ ހެދި․․ ސުކޫލު ބަންދު ކުރުމަށް އެދުނީމަ ބުނަނީ:: ދަރިވަރުނަށް ވަރަށް މުހިންމު ފިލާވަޅުތަކެކޯ ގެއްލޭނީ އެކަމު މިދިޔަ އަހަރު ފިލާވަޅު ތަކެއް ނުގެއްލޭތޯ․․․ ވަފުދު އަނބުރާ މާލެ ދިޔުމަށް ގޮވާލަން․․․․․․ މި ހަމަ ބަރާބަރު ލިޔުމެއް

– 15 ޖުލައި 2016 0

Ha․Ihavadho akee male eh noonneh noon tho، Ehen veema kihine school bandhu kuranee2015Gaii school badhukuree july 26 school kudhin lavvaa dance Naacharangee kulhuvanvegen․،

– 15 ޖުލައި 2016 0

މި ހަމަ ބަރާބަރު ލިޔުމެއް․․․ މާނިއު އަށް ހަމަ ފަށްފަށުން ޝުކުރު ދަންނަވަން․․․ ތީ ހަމަ އިހަވަންދޫ ގެ ހާލަތު ވަރަށް ރަނގަޅަށް އިނގޭ ދަރި އެއް․․․․․ <br>

– 15 ޖުލައި 2016 0

ވަފުދު އިސްތިއުފާ ހަމަ․․․․ އަވަހަށް ދާން އުޅުއްވާ އައި ތާކަށް․․․ މި ކަހަލަ ރާއްޖެ ތެރޭ ރަށް ރަށުގައި ތިބޭކަށް ނުވާނެ․․․ މި މާލެއެއް ނޫން އިނގޭތޯ․․․ އިރާދަކުރެވިއްޔާ މި އިހަވަންދޫ ޑެންގޫ ގެ ބަލިން ސަލާމަތް ވާނެ․․․․ އަހަރެމެން އެންމެން މި ތިބީ އެކުގައި․․․․ ވަރަށް ސަލާން ތި ވަފުދަށް

– 16 ޖުލައި 2016 0

މާނިއު ބުނަންތަ ވާހަކައެއް․ ކަލޭ ކިތަންމެ ހެއޮވާހަކައެއް ދެއްކިޔަސް ރަތްލާޖެހި ޕީޕީއެމް މީހުން ނާހާނެ

– 16 ޖުލައި 2016 2

މި ސައިޓަކީ އަބްދުލް މާނިއު އާއު ފިރާޒު އިހަވަންދޫ ފަސާދަ ކުރުމަށް ބޭނުންކުރާ ހަތިޔާރެއް․․․․․ތައުލީމު ހުއްޓަސް ތަރުބިއްޔަތެއް ނެތިިއްޔާ އެކަހަލަ ގޮތަކަށް އުޅޭނީ․․․․․․․․․

– 16 ޖުލައި 2016 5

Mi ee varah furihama liumah. Akamu mikan than gabool nukuraa bayakuves ulhaene. Thiyaa meehun vaahaka dhankaa gothun bayenfaharu hinives aadhe. Sckool bahdhu kuryma filhaavalhu genleni. Ragalhu vaahaka ah akamu aharemen jehaeny sababu thakuga hifaagah masakai kurah.. aharenge dharinves hun aeema filhaavalhu genlaenae kiyaafa fonuvany sckoolah. Mee hagee gathaky. Kunjaayah balijehi boduvaru nuvahnaa knme beleniveri akuves akunjaa sckoolah fonuvaa. Dhen bunah baenunvanyy roadhamahu gadi kudakn kiyavaa dhaethy kn beleniveriyaku mahsala jahsany. Ahen noon thoa vaane mi sarukaarun kuraa knme kamaky rah viyya. Aharen bunelah bey nunvanyy sckool bahdhu kuraathy mahsala nujahsaa shae....

– 16 ޖުލައި 2016 0

ސަރުކާރާ ދެކޮޅަށް ލިޔާ އެއްޗެހި މީ․․ ބަލަ އޭރު ބަންދު ކުޏި ރޯދަމަސް އަންނާތީ ވެޔޭ․․ހެހެހެހެހެ․ ސަރުކާރެއް ނުވެއްޓޭނެ․․އަދި އިސްތިއުފާއެއް ވެސް ނުދޭނެ،، ތިހެން އެއްޗެއް ކިޔާލަ ކިޔާލާ ތިބޭ․․ ކަހާބިހި ހިރުވާވެސް ނުލާނެ․ <br> <br>

– 16 ޖުލައި 2016 3