ޕޯލްސްޓަރގެ ޤުރްއާން މުބާރާތުން 1 ވަނަ ފަރާތަށް އުމްރާ ދަތުރެއް

29 ޖުލައި 2016 6

މި އަހަރުގެ މުބާރާތުން 1 ވަނަ ހޯދީ ހއ. އިހަވަންދޫ މަންޒިލް ފާޠިމަތު ރާޔާ ރަޢޫފް. ފޮޓޯ: އޭއެސްޕީ

މެދުކެނޑުމެއްނެތި އިހަވަންދޫގައި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރްއާން މުބާރާތްކަމަށްވާ ކުލަބު ޕޯލްސްޓަރގެ ޤުރްއާން މުބާރާތް މި އަހަރު ބާއްވާފައިވަނީ އަލްމަރުޙޫމް ޢަބްދުﷲ ނަޢީމްގެ ހަނދާނުގައެވެ. އެއީ އެކުލަބުގެ 15 ވަނަ ޤުރްއާން މުބާރާތެވެ.

މި ސިލްސިލާގެ އެންމެފަހު ދެ މުބާރާތުގައި މުޅި މުބާރާތުން އެއްވަނަ ފަރާތަށް 10،000 ރުފިޔާ އަދި ނުބަލައި ކިޔެވެމުގެ ގޮފިން އެންމެމޮޅު ބައިވެރިޔާއަށް 5000 ރުފިޔާ، ހެޔޮއެދޭ ފަރާތަކުންވަނީ ހުށަހަޅައިފައެވެ.

މި އަހަރުގެ ޤުރްއާން މުބާރާތުގެ ނަތީޖާ ފައުޅުކޮށް އިނާމު ދިނުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޕޯލްސްޓަރގެ 16 ވަނަ ޤުރްއާން މުބާރާތަށް ތައްޔާރުވަމުންދާ ފަރާތްތަކަށް އެކުލަބުންވަނީ އުފާވެރި ޚަބަރެއް ދީފައެވެ. ޕޯލްސްޓަރއިންވަނީ އެކުލަބުގެ 16 ވަނަ ޤުރްއާން މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ފަރާތަށް ހެޔޮއެދޭ ފަރާތަކުން ޢުމްރާ ދަތުރެއް ހުށަހަޅާފައިކަން އިޢުލާނުކޮށްފައެވެ. އެއީ ފާއިތުވި ދެއަހަރު ދެމެންދިޔަ 10،000 ރުފިޔާ އަދި 5000 ރުފިޔާގެ ފައިސާގެ އިނާމުގެ ބަދަލުގައި ހުށަހަޅާފައިވާ އިނާމެއްކަމަށް ޕޯލްސްޓަރއިން މަޢުލޫމާތުދެއެވެ.

ކުލަބު ޕޯލްސްޓަރއިން ބުނީ އިނާމު ލިބޭ ފަރާތް ޢުމްރާ ދަތުރުގައި ބައިވެރިވުމަށް އެކުލަބުން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށާއި އެގޮތުން 18 އަހަރުން ދަށުގެ ކުއްޖަކަށް ނުވަތަ 18 އަހަރުން މަތީގެ އަންހެން ބައިވެރިއަކަށް މުޅި މުބާރާތުން 1 ވަނަ ލިބިއްޖެނަމަ، އެ ބައިވެރިއެއްގެ އެހީތެރިއެއްގެ ގޮތުގައި ދިއުމަށް އިތުރު އެއްފަރާތަށް ޢުމްރާ ދަތުރެއް ލިބޭނެކަމަށެވެ. ނަމަވެސް މި އިނާމު 18 އަހަރުން މަތީގެ ފިރިހެން ބައިވެރިއަކަށް ލިބިއްޖެނަމަ އެހީތެރިއެއްގެ ގޮތުގައި އިތުރުފަރާތަކަށް ފުރުޞަތު ދޭގޮތަށް ހަމަޖެހިފައި ނުވާކަމަށް ޕޯލްސްޓަރއިން މަޢުލޫމާތުދެއެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިޔަ އިނާމް ހުށަހެލި ފަރާތަށް މާތްރަސްކަލާގެ ހެޔޮރަހްމަތް ލައްވާށި....

– 30 ޖުލައި 2016 0

އަންހެން ބައިވެރިއެއް ހޮވިއްޖެނަމަ ދެ މީހަކަށް ކީއްވެގެންތޯ؟

– 30 ޖުލައި 2016 0

އަންހެނުންނަށް ދަތުރުކުރެވެނީ މަހްރަމަކާއެކުވީމަ... މުސްލިމް އަންހެނާއަށްއޮތީ އެގޮތްކަމުގައިވާތީ....

– 30 ޖުލައި 2016 0

އަންހެނުން މަހުރަމެއް ނުލާ ދަތުރުކުރުމަކީ ޙަރާމް ކަމަކަށްވާތީ․ أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ އަންހެނަކު، މަޙުރަމެއް ނުލައި، އެއްރޭ އެއްދުވާލުގެ ދުރުމިންހުރި ދަތުރެއް ކުރުމަކީ، ހުއްދަވެގެންވާ ކަމެއްނޫނެވެ." ابن عباس رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް އަޑު އެއްސެވިއެވެ. "އެއްވެސް ފިރިހެނަކު ހިލޭ އަންހެނަކާއި އެކު އެކަހެރި ނުވާހުށިކަމެވެ. އަދި އެއްވެސް އަންހެނަކު، މަޙުރަމަކާއި ނުލާ ދަތުރު ނުކުރާހުށިކަމެވެ. ފަހެ ކޮޅަށްތެދުވެފައި އެކަލޭގެފާނުގެ އަރިހުގައި މީހަކު ދަންނަވާދިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ އަނބި ކަނބުލޭގެވަނީ ޙައްޖަށް ދިޔުމަށްޓަކައި ނުކުމެފައެވެ. އަދި ތިމަންކަލޭގެފާނު ވަނީ އެވެނި ހަނގުރާމައަކަށް ދިޔުމަށްޓަކައި ނަން ލިޔެފައެވެ. ޙަދީޘް ކުރެއްވިއެވެ. ފަހެ ކަލޭގެފާނުގެ އަނބިކަނބުލޭގެއާއި އެކު ޙައްޖު ވުމަށް ދާށެވެ."

– 30 ޖުލައި 2016 0

Adhives midhia aharuge inaamnulibey

– 2 އޮގަސްޓު 2016 1

ތިޔަ އިނާމް ހުށަހެޅި ފަރާތަށް މާތްރަސްކަލާގެ ހެޔޮރަހްމަތް ލައްވާށި.. ބައިވެރިން ރަގަޅަށް މުބާރާތަށް ތައްޔާރުވުމަކީ މުބާރާތްތައް ބޭއްވުމުގެ އެއްމެ ބޮޑު މަދުސަދު․․

– 4 އޮގަސްޓު 2016 0