[HEADER BANNER]
[AD]

ރިޕޯޓް ނުފޮނުވާ ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް

2 އޮގަސްޓު 2016 3

އިހަވަންދޫ ކައުންސިލުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން— ފޮޓޯ: އިހަވަންދޫ ކައުންސިލް އިދާރާ

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކައުންސިލް ހިންގި ގޮތުގެ ރިޕޯޓް، ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެލްޖީއޭއަށް ނުފޮނުވާ71ކައުންސިލްގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ. އެލްޖީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެލްޖީއޭއަށް، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ރިޕޯޓް ފޮނުވާފައިވަނީ މުޅިރާއްޖޭގައި އޮންނަ 209 ކައުންސިލްގެ ތެރެއިން 138 ކައުންސިލަކުންނެވެ.

ރިޕޯޓް ފޮނުވާފައިވާ 138 ކައުންސިލްގެ ތެރޭގައި ހިމެނެނީ 2 ސިޓީ ކައުންސިލާއި 18 އަތޮޅު ކައުންސިލެއްގެ އިތުރުން 118 ރަށު ކައުންސިލެކެވެ.

ހއ އަތޮޅަށް ބަލާއިރު ރިޕޯޓް ފޮނުވާފައިވަނީ ހއ އަތޮޅުކައުންސިލާއި، ދިއްދޫ ކައުންސިލާއި، އުލިގަމު ކައުންސިލާއި، ބާރަށު ކައުންސިލާއި، ފިއްލަދޫ ކައުންސިލާއި، ކެލާ ކައުންސިލާއި، މާރަންދޫ ކައުންސިލާއި، މުރައިދޫ ކައުންސިލްގެ އިތުރުން އުތީމް ކައުންސިލުންނެވެ.

ލާމަރުކަޒީ ގާނޫނުގެ 108 ވަނަ މާއްދާ އާއި 109ވަނަ މާއްދާގައިވާ ގޮތިގެ މަތީން ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 10ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ ހަ މަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ސިޓީ އަދި އަތޮޅު ކައުންސިލްތަކުން އެލްޖީއޭ އަށް ފޮނުވަންޖެހޭނެ އެވެ. އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ރަށު ކައުންސިލްތަކުން މިރިޕޯޓް ފޮނުވަންޖެހޭނީ ޖުލައި 25ގެ ކުރިންނެވެ. މުޅިރާއްޖޭގައި އޮންނަނީ 209 ކައުންސިލެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ހއ.އަތޮޅު ކައުންސިލް, ހއ. އުތީމް, ހއ ބާރަށް, ހއ. ކެލާ, ހއ. މާރަންދޫ, ހއ.އުލިގަމް, ހއ. މުރައިދޫ, ހއ. ފިއްލަދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Ihavandhipholhu atoll ga mithiby nidhaafa thibi council thakeh dhoa?? haraamey qaanoonu ga onna gothah ehkameh ves nukurany ey. dhen kiyaane mi vaki atholhekey mi atholhu ge kuri erumah ehves massakatheh nure ey sarukaarun. furathama thimaa men ge vaajib adhaakohfa dhoa sarkaarey kiyaani

– 2 އޮގަސްޓު 2016 0

Israaf Israaf, Inthihaabu kuri mathyga oiy kan visnaathi. thi in ekathi ves naan naai vote hoadhan

– 2 އޮގަސްޓު 2016 0

ރިޕޯޓް ފޮނުވޭނީ ހޭލައިގެން އޮފީހަށް އާދެވިގެންތާދޯ؟ އެކަކު ސެލްފީ ނެގުމުގަ އަނެކަކު ހޮޓާ ހިންގުމުގަ، އަނެކަކު ފުޓުބޯޅަ ޓީމް ހިންގުމުގަ، އަނެކަކު ވޮލީޓީމް ހިންގުމުގަ، ދެންކޮން ރިޕޯޓެއް ފޮނުވޭނީ․․․․․․․․․ އަނެއްކާ އަނެއްދައުރަށްވެސް ހޮވަންވީ․․․․․․․․․․․․1111․!!!!!!!!111 <br>

– 3 އޮގަސްޓު 2016 0