ބޮޑެތި ޢަދަދުން މުސާރަ ނަގާކަން ފަޅާއަރުވައިލުމުން ކައުންސިލުން ހޯމް މިނިސްޓްރީއަށް!

28 އޮގަސްޓު 2016 11

އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ޒިންމާދާރު އިސްވެރިޔާ ދާއިރާގެ މަޖިލިސް މެމްބަރާއިއެކު – ފޮޓޯ: އޭއެސްޕީ

އިހަވަންދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނަށް އާދަޔާ ޚިލާފު ބޮޑެތި ޢަދަދުން މުސާރަދޭކަން މި ނޫހުން ފަޅާއަރުވައިލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ބަލައިދިނުން އެދި މި ނޫހާ ދެކޮޅަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ކައުންސިލުން މައްސަލައެއް ހުށަހަޅާފައިވާކަން މި ނޫހަށް ކަށަވަރު ވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ސެކްޝަނުން މި ނޫހަށް މަޢުލޫމާތު ދެއްވި ޢާއިޝަތު ވިދާޅުވީ "ކައުންސިލާ ބެހޭ މަޢުލޫމާތު ތަކެއް ހުއްދަ ނުހޯދާ ޖެހިކަމުގެ މައްސަލައެއް" އެ މިނިސްޓްރީއަށް އިހަވަންދޫ ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައަކީ ބެލިދާނެ މައްސަލައެއްތޯ ކަށަވަރުކުރުމަށް ބަންޑާރަ ނައިބުގެ ލަފައަކަށް މިހާރު އެދިފައިވާ ކަމަށެވެ.

އިހަވަންދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނަށް އާދަޔާ ޚިލާފު ބޮޑެތި ޢަދަދުން މުސާރަދޭކަން ހާމަވީ އެ ކައުންސިލްގެ ޖުލައި މަހުގެ މުސާރަ ޝީޓް މި ނޫހުން ބޭޒާރުކޮށްލުމުންނެވެ.

މިކަމާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން ވެސް އިހަވަންދޫ ކައުންސިލުން އެއްވެސް މަޢުލޫމާތެއް ލިބޭ ގޮތެއް ނުވިއެވެ.

އިހަވަންދޫ ކައުންސިލް, އިހަވަންދޫ ޑޮޓް ކޮމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ ޑޮޓްކޮމް ހަލާކުވީ ތި․ މިސަރުކާރުގެ ޕޮލިސީ އަކީ ކަމެއް ގޯސްކޮށް ކުރާކަން ހާމަ ކޮށްފިނަމަ އެކަން ހާމަ ކުރި މީހެއް ނުވަތަ ބައެއްގެ އަތްފައި ބަނދެ ގުޑާ ނުލެވޭ ވަރު ކުރުން․

– 28 އޮގަސްޓު 2016 0

ނުހައްޤުން މޯސާރަ ނެގުންތޯ މައްސަލައަކީ، ނުވަތަ ނުހައްޤުން މުސާރަ ނަގާވާހަކަ ދެއްކުންތޯ؟

– 28 އޮގަސްޓު 2016 0

އިހަވަންދޫ ކައުންސިލްގެ ފިޔަވަޅަށް މަރުހަބާ! ތިސައިޓަކީ މިހާރު އިހަވަންދޫގަ ސަރުކާރަށް އޮތް އެމްމެ ބޮޑު ޓްރެޓް․ މީވާ އެ ވުޖޫދުން ފޮހެލުމަކީ ލިބޭނެ ވަރަށްބޮޑު ކާމިޔާބެއް․ ހެހެ

– 28 އޮގަސްޓު 2016 1

ތިކަމުން އެނގިގެން ދަނީ ކައުންސިލްގަ ތިއްބެވި ވެރިންގެ ފެންވަރު․ ކަމެއް ގޯސްކޮށް ކުރާކަން އަންގާދިނީމަ އެކަން އަންގާދިން ބަޔަކު ކުއްވެރި ކުރަން ފޫގެޅި އިރު، ދައުލަތުގެ ގާނޫނުތަކާ ގަވާއިދުތަކުގެ ބޭރުން ރައިތުންގެ ފައިސާއިން ނަމަހަ ގޮތުގަ މުސާރާގެ ނަމުގަ އަލިފާން ނަގަމުން ދިޔަ މީހާ ހުދު ކާފޫރުކޮޅަކަށް ވީތޯ؟ ކައުންސިލް އިސްތިއުފާ

– 28 އޮގަސްޓު 2016 1

ތިކަމަށް އަޅުގަނޑު ހެކިވަން! ބައެއް މުވައްޒަފުންގެ އިތުރުގަޑީގެ ގޮތުގައި 17000 (ސަތާރަހާސް) ރުފިޔާ ކޮންމެ މަހެއްގައިވެސް ޖަމާކޮށްފައި އެބަހުރި!!!

– 28 އޮގަސްޓު 2016 0

ބަރުޙަބާ ކައުންސިލް، ޝުކުރިއްޔާ އާސިފް

– 28 އޮގަސްޓު 2016 0

"ކައުންސިލާ ބެހޭ މަޢުލޫމާތު ތަކެއް ހުއްދަ ނުހޯދާ ޖެހިކަމުގެ މައްސަލައެއް" ހުއްދަ ހޯދާގެން ޖެހިނަމަ އޯކޭ ދޯ؟ ހުއްދައަށް އެދުނުނަމަ ހުއްދަ ދޭނަންތަ؟ ކައުންސިލުގެ މައުލޫމާތުތަކެއް ނޫހަކަށް ލިބުނީ ކިހިނެއް؟

– 28 އޮގަސްޓު 2016 0

Raiyyathunge faisaa baynun kuraa goith raiyythun nah haama vaan jehayneh... Thi igehni adhi thiya idhaaraaga higaa kudakameh ge waahaka... Varah salaam

– 29 އޮގަސްޓު 2016 0

mi fadha bodu jareemaa eh falhaa araa beyzaaruveemaaves home ministory in ejareema hingi faraaiythakuge kanthah nubalaa ejareema falhaa eruvi noohuge massala balan ulheythee hairaanvey .

– 30 އޮގަސްޓު 2016 0

Min verikamuga riy mahsalaeh Mooney. Verimeehaves kanee hama

– 30 އޮގަސްޓު 2016 0

ވަރަށް ކަންތައް އެބަހުރި

– 30 އޮގަސްޓު 2016 0