[HEADER BANNER]
[AD]

ވަނގާރާއި ގާމަތިކުޅުދޫ ފަތުރުވެރިކަމަށް ދޫކުރަނީ

1 ނޮވެމްބަރު 2016 1

ފަތުރުވެރިކަމުގެ ބޭނުމަށް އަންނަ އަހަރު ސަރުކާރުން ދޫކުރާ 11 ރަށާއި 2 ފަޅުގެ ތެރޭގައި ހއ ވަނގާރާއި ގާމަތިކުޅުދޫ ހިމަނައިފިއެވެ․ ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ނެރެފައިވާ އިއުލާނުގައިވާ ގޮތުން މިފަހަރު ރިސޯޓް ހަދަން ހުޅުވާލާ ރަށްތަކާއި ފަޅުތަކުން ސަރުކާރަށް އާމްދަނީގެ ގޮތުގައި 72 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފައިވާ މިލިސްޓަކީ ބިޑަށް ނުލާ ފަޅުތަކާ ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ ބަދަލުގެ ދަށުން ދޫކުރެވޭ ރަށްތަކުގެ ލިސްޓެކެވެ.

6․22 ހެކްޓަރުގެ ހއ ވަނގާރަކީ ކޮންމެވެސް ވަރަކަށް ދަނޑުވެރިކަމަށް ބޭނުންކުރަމުން ގޮސްފައިވާ ރަށެކެވެ․ ތުރާކުނު ކާރީ އޮންނަ މިރަށަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ․
13․10 ހެކްޓަރުގެ ގާމަތިކުޅުދޫއަކީ މޮޅަދޫ އާއި އެއްފަޅެއްގައި އޮންނަ ގާމަތީ ރަށެކެވެ․ ވަނގާރާއި ގާމަތިކުޅުދޫވެސް އޮންނަނީ އިހަވަންދިއްޕޮޅުގައި ކަން ފާހަގަކޮށްލެވެއެވެ․

މި ދެރަށުގެ އިތުރުން އަންނަ އަހަރު ފތުރުވެރިކަމަށް ދޫކުރާ ރައްތަކުގެ ތެރޭގައި ހިމެނެނީ ހދ.ދިއްޕަރުފުށި، ހދ.މުއިރި، ނ.ލޯފަރު، ބ.ބޮޑުފިނޮޅު، ބ.އިންނަފުށި، ބ.ފަރެސް، ކ.ފޭދޫ ފިނޮޅު،ސ. އިސްމެހެލާހިރި (ކެޑެވާހެރެއާއެކު)، ސ.ސަވާހެލި އާއި މާލެ އަތޮޅުން ދެ ފަޅެކެވެ.

[BOTTOM CONTENT BANNER]
ހއ. މޮޅަދޫ, ހއ. ތުރާކުނު, ހއ.އަތޮޅު ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އައިހެވަން މާސްޓަރ ޕްލޭންގަ މިއަދު 16:00 ގަ ސޮއިކުރޭ، ވީމާ މިއަދަކީ ސުރުހީތަކަށް ބަލާއިރު އިހަވަންދިއްޕޮޅަށް އުފާވެރި ދުވަހެއް․․އަނެއްކާ އިްނތިހާބީ ސުޓަންތަށް ނުވެއްޖެއްޔާ ކިތަންމެެހާވެސް ރަނގަޅު․․

– 1 ނޮވެމްބަރު 2016 0