10 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

2 ނޮވެމްބަރު 2016 0

އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ގެ އެހީތެރިކަމާއެކު ކުލަބު ޕޯލްސްޓަރ އިން އިންތިޒާމްކުރާ މައިކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މައިކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، މި މުބާރާތަކީ، ހއ. އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ހއ. އަތޮޅުގައި ހުރި ކުންފުނިތަކާއި ރިސޯޓުތަކާއި، އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ހއ. އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށާއި، ހއ. އަތޮޅުގެ ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން ޤާއިމު ކުރުމުގެ މަޤުޞަދުގައި، ހިންގަމުންދާ މުބާރާތެކެވެ.
މިމުބާރާތުގެ އިނާމު އެހެން އަހަރުތަކަށްވުރެ ރަނގަޅުކޮށް، މިއަހަރުގެ ޗެމްޕިއަން ޓީމަކަށް -/75000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ޓީމަކަށް -/25000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ 2016 ޑިސެމްބަރ 6 ވާ އަންގާރަދުވަހުއެވެ․

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ނަންގަވާ، ފުރުއްވުމަށްފަހު، ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 2015 ނޮވެމްބަރ 25 ވަނަ ދުވަހުގެ 15:00 އެވެ.
9 ވަނަ އަހަރު މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޔުނައިޓެޑް ޔޫތުންނެވެ․

މުބާރާތުގައި ބައިވެރިވުމުގެ ފީއަކަށް 1500 ރުފިޔާ ނަގާ މިމުބާރާތުގައި ބައިވެރިވެވެނީ އިހަވަންދޫގެ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވާ ހއ އަތޮޅުގެ އެހެން ރައްތަކުން ސަރުކާރު މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ހއ. އަތޮޅުގައި ހުރި ކުންފުނިތަކާއި ރިސޯޓުތަކަށެވެ․ މިމުބާރާތުގައި އިހަވަންދޫގެ އެއްވެސް ސަރުކާރު މުއައްސަސާއެއް އަދި އިހަވަންދޫގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކުގެ ނަމުގައި ބައިވެރި ނުވެވެއެވެ․

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއު، (ފޯން ނަންބަރު 7907031) އާއި ގުޅުމަށް އެކުލަބުން އެދެއެވެ․

މައިކަޕް 2016, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ