ފުރަތަމަ މެޗުން ޕޯލްސްޓަރ ބަލިވެއްޖެ

5 ނޮވެމްބަރު 2016 0

މެޗްގެ މޮޅުކުޅުންތެރިޔާ އަށް ސެޓްފިކެޓް ދެނީ – ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އަލްމުދިޝް ގައުމީ އަންހެން ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ކްލަބް ޕޯލްސްޓަރ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ 18:15 ފެށިމެޗުން ޕޯލްސްޓަރ ބަލިވީ ވާދަވެރި ޕޮލިސް ކްލަބާއި ވާދަކޮށް 3-1 ސެޓް އިންނެވެ.

މެޗްގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއިއެކު 25-11 އިން ޕޮލިސް ކްލަބް ކާމިޔާބު ކުރިނަމަވެސް، ވާދަވެރި ކުޅުމަކަށްފަހު މެޗްގެ ދެވަނަސެޓް 22-25 އިން ކާމިޔާބުކުރީ ކްލަބް ޕޯލްސްޓަރއިންނެވެ. ނަމަވެސް މެޗްގެ ހަތަރިވަނަ ސެޓް އަދި ފަސްވަނަ ސެޓް  25-18 އަދި 25-13 އިން ފަސޭހަކަމާއި އެކު ޕޮލިސްކްލަބުން ކާބިޔާބުކޮށް މެޗުން މޮޅުވިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ އެމްސީ އިންތޯޝް އެވެ.

ފިރިހެން 6 ޓީމާއި އަންހެން 5 ޓީމު ހިމެނޭ މި މުބާރާތުގައި ވާދަކުރާ އަންހެން ޑިވިޝަނުގެ ޓީމު ތަކަކީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބާއި މިސްކިތްމަގު އެންމެންގެ ގުޅުމާއި ކްލަބު ޕޯލް ސްޓާ އަދި ފިސްޑާ އެވެ. އަދި ފިރިހެން ޑިވިޝަނުގައި ވާދަކުރާ ޓީމު ތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި، ޕޮލިސް ކްލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ސްޕޮންސަރަކަށް އަލްމުދިޝް ހަމަޖައްސާފައިވާ އިރު، ފިރިހެން ޑިވިޝަނުގެ ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ އެލައިޑް އިންޝިއުރެންސް އެވެ. އެހެން ކަމުން ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށްދާނީ އެލައިޑް ގައުމީ ފިރިހެން ވޮލީ ލީގުގެ ނަމުގަ އެވެ.

ރޭގެ މެޗް ކުޅެން ޝެޑިއުލް ކޮށްފައިވަނީ 20:30 ނަމަވެސް މީޑީއާ އަށް ވުގުތު ނުދެވޭކަމަށްބުނެ ވީއޭއެމްއިން ވަނީ މެޗްކުޅޭ ގަޑި އަވަސްކޮށް 18:15ގައި މެޗް ފަށާފައެވެ.

އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް  މިސްކިތްމަގުން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.

ކްލަބް ޕޯލްސްޓަރ އިން ދެން މިމުބާރާތުގައި ނިކުންނާނީ މިސްކިތްމަގާ ދެކޮޅަށެވެ. އެމެޗް އޮންނަނީ މިމަހުގެ 7 ވާ ހޯމަދުވަހުގެ ހަވީރު 16:15 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ. 

ކްލަބް ޕޯލްސްޓާރ, ޤައުމީ ވޮލީ ލީގު 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ