ދެވަނަ މެޗުންވެސް ޕޯލްސްޓަރ ބަލިވެއްޖެ

8 ނޮވެމްބަރު 2016 3

މެޗްގެ މޮޅުކުޅުންތެރިޔާ އަށް ސެޓްފިކެޓް ދެނީ – ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އަލްމުދިޝް ގައުމީ އަންހެން ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ކްލަބް ޕޯލްސްޓަރ ކުޅުނު ދެވަނަ މެޗުންވެސް އެޓީމް ބަލިވެއްޖެއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔަ ހަވީރު ކުޅުން މެޗްގައި ޕޯލްސްޓަރ ބަލިވީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ވާދަކޮށް 3-1 ސެޓް އިންނެވެ.

މެޗްގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއިއެކު 25-12 އިން މިސްކިއްމަގު ކާމިޔާބު ކުރިނަމަވެސް، ވާދަވެރި ކުޅުމަކަށްފަހު މެޗްގެ ދެވަނަސެޓް 23-25 އިން ކާމިޔާބުކުރީ ކްލަބް ޕޯލްސްޓަރއިންނެވެ. ނަމަވެސް މެޗްގެ ހަތަރިވަނަ ސެޓް އަދި ފަސްވަނަ ސެޓް  25-07 އަދި 25-17 އިން ފަސޭހަކަމާއި އެކު މިސްކިއްމަގުން ކާބިޔާބުކޮށް މެޗުން މޮޅުވިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިސްކިއްމަގުގެ ބިދޭސީ ކުޅުންތެރިޔާ ޕްރަތިބާ މާލީއެވެ.

ކްލަބް ޕޯލްސްޓަރ އިން ދެން މިމުބާރާތުގައި ނިކުންނާނީ ފިސްޑާއާ ދެކޮޅަށެވެ.އެމެޗް އޮންނަނީ މިމަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:15 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

ފިރިހެން 6 ޓީމާއި އަންހެން 5 ޓީމު ހިމެނޭ މި މުބާރާތުގައި ވާދަކުރާ އަންހެން ޑިވިޝަނުގެ ޓީމު ތަކަކީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބާއި މިސްކިތްމަގު އެންމެންގެ ގުޅުމާއި ކްލަބު ޕޯލް ސްޓާ އަދި ފިސްޑާ އެވެ. އަދި ފިރިހެން ޑިވިޝަނުގައި ވާދަކުރާ ޓީމު ތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި، ޕޮލިސް ކްލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

 

ޤައުމީ ވޮލީ ލީގު 2016, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިފެންނަނީ ޓީމްގެ "އަސްލު" ފެންވަރު !

– 8 ނޮވެމްބަރު 2016 0

ކުދިންކޮޅަށް ރަގަޅަށް ކާންދީ

– 10 ނޮވެމްބަރު 2016 0

ކުދިންކޮޅަށް ރަގަޅަށް ކާންދީ

– 10 ނޮވެމްބަރު 2016 0