ހަތަރުވަނަ މެޗުންވެސް ޕޯލްސްޓަރ ބަލިވެއްޖެ

14 ނޮވެމްބަރު 2016 0

މެޗްގެ މޮޅުކުޅުންތެރިޔާ އަށް ސެޓްފިކެޓް ދެނީ – ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އަލްމުދިޝް ގައުމީ އަންހެން ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ކްލަބް ޕޯލްސްޓަރ ކުޅުނު ހަތަރުވަނަ މެޗުންވެސް އެޓީމް ބަލިވެއްޖެއެވެ. ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭކުޅުން މެޗުން ޕޯލްސްޓަރ ބަލިވީ މޯލްޑިވިއަންއާ ވާދަކޮށް 0-3 ސެޓް އިންނެވެ.

މިމެޗުގެ ސެޓްތައް މޯލްޑިވިއަން އިން ކާމިޔާބުކުރީ  25-15، 25-19 އަދި 25-14 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަންގެ ޓީމްގެ ޖާޒީނަންބަރު 9 އައިޝަތު މާޖިދާއެވެ. ޕޯލްސްޓަރއިން މިހާތަނަށް މިމުބާރާތުގައި ކުޅުނުހުރިހާ މެޗަކުން ބަލިވެފައެވެ.

ފިރިހެން 6 ޓީމާއި އަންހެން 5 ޓީމު ހިމެނޭ މި މުބާރާތުގައި ވާދަކުރާ އަންހެން ޑިވިޝަނުގެ ޓީމު ތަކަކީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބާއި މިސްކިތްމަގު އެންމެންގެ ގުޅުމާއި ކްލަބު ޕޯލް ސްޓާ އަދި ފިސްޑާ އެވެ. އަދި ފިރިހެން ޑިވިޝަނުގައި ވާދަކުރާ ޓީމު ތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި، ޕޮލިސް ކްލަބާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

މިމުބާރާތުގައި ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގް ޗެމްޕިއަންކަން ލިބޭއިރު ގައުމީ މުބާރާތަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ.

ޤައުމީ ވޮލީ ލީގު 2016, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ