ޕޯލްސްޓަރއިން މިއަހަރުވެސް ފޮތްލިސްޓަށް ފޮތް ގެނެސްދެނީ

21 ނޮވެމްބަރު 2016 1

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކުލަބް ޕޯލްސްޓަރ އިން ސްކޫލްފޮތްލިސްޓަށް ފޮތް ގެނެސްދޭނެކަމަށް އިއުލާން ކޮށްފިއެވެ. ކޮންމެ ފޮތްލިސްޓަކާއި އެކު ކުލަ ނަންކޮޅާއި ސަބްޖެކްޓް ޓެކް އަދި ސެލޯފިން އަދި ފޮތަށް ލައްވާ ކަރުދާހުގެ އިތުރުން ނަގުދު ފައިސާވެސް ލިބޭނެކަމަށް ޕޯލްސްޓަރ އިން ކޮށްފައިވާ އިއުލާނުގައިވެއެވެ.

މީގެ އިތުރަށް ފޮތްބާ ގެއާއި ހަމައަށް ގެނެސްދޭނެކަމަށް ޕޯލްސްޓަރ އިން ހާމަކުރެއެވެ. ކުލަބް ޕޯލްސްޓަރ އިންދޭ ސްކޫލްފޮތްލިސްޓަށް ފޮތްގެންއުމުގެ ހިދުމަތް ހޯދުމަށް ވައުޗާ ހަވާލުކުރަން ޖެހެނީ ހަމަރޯޅި ކުރި ނުވަތަ އެމްޑަބްލިއު ވަން ފިހާރަޔަށެވެ. އަދި މީގެއިތުރުން އެކުުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރަކާވެސް ވައުޗަރ ހަވާލުކުރެވިދާނެކަމަށް ޕޯލްސްޓަރ އިން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

މިދިޔަ އޮކްޓޯބަރ މަހު އެޑިއުކޭޝަން މިނިސްޓަރީންވަނީ ފޮތް ލިސްޓަށް ފޮތް ނެގުމުން ބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ހިންގުންމަނާކޮށްފައެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެއްވެސް ޕްރަމޯޝަން އެއް މިއަހަރު ހިންގުން މަނަލޯ․ ފޮތްލިސްޓާއި ގުޅުވައިގެން․

– 24 ނޮވެމްބަރު 2016 0