[HEADER BANNER]
[AD]

ޖޯޝާއެކީ އަރާދުވާ މިފަހަރު މައިކަޕް ތައްޓަށް

7 ޑިސެމްބަރު 2016 8

10 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ތަށި ހާސިލް ކުރުމަށްޓަކައި ދުރާލާ ތައްޔާރު ވެފައިވާ ކަމަށް އަރާދުވާ ޓީމުން ބުނެފިއެވެ.

ރޭ އަރާދުވާ އަދި އަރާދުވާ ކުރިމަގު ޓީމުން މައިކަޕް މުބާރާތަށް ތައްޔާރުވުމަށްޓަކައި ބޭއްވި އެޓީމުގެ ގުރޭންޑް ނައިޓުގެ ހަވާސާގައި މިނޫހަށް މައުލޫމާތު ދެއްވަމުން އަރާދުވާ ޓީމުގެ މީޑިއާ ކޯޑިނޭޓަރ ހަސަން ސަމީހު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން މައިކަޕް ފުޓުބޯޅަ މުބާރާތުގައި މެދުކެނޑުމެއްނެތި ވާދަކުރަމުން އަންނަ އެޓީމު ކޮންމެ މުބާރާތެއްގައިވެސް ކުރިއެރުން ދައްކަމުން އަންނަ އިރު މިފަހަރުގެ މިމުބާރާތުގައި އަރާދުވާ ޓީމު، ޖޯޝާ އެކީ އަމާޒް ހިފާފައި މިވަނީ މުބާރާތުގެ ތައްޓަށް ކަމަށެވެ. އެކަމަށްޓަކައި ޓީމުގެ މެނޭޖުމަންޓުން ވަރަށް ބޮޑު ހޭދައެއް ކުރަމުންދާކަމަށް ހަސަން ވިދާޅުވިއިރު އަރާދުވާ ޓީމަށް ވަނީ ރަށުން ބޭރު 3 ކުޅުން ތެރިންވެސް ގެނެސްފައެވެ.

އަރާދުވާ އަދި އަރާދުވާ ކުރިމަގު ގެ ނަމުގައި 2 ޓީމު މައިކަޕްގައި ބައިވެރިކޮށްފައިވާއިރު، ރޭ 8:45 ގައި އަރާދުވާ ޓީމުން ބޭއްވި އެޓީމުގެ ގުރޭންޑު ނައިޓުގައި ވަނީ 10 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގައި އެ ދެޓީމު ބޭނުންކުރާ ޖޯޒީ އިފްތިތާހު ކޮށްފައެވެ.

އިހަވަންދޫކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޢަބުދުލް މުޢީދު އިބުރާހިމް ޝަރަފުވެރިކޮށްދެއްވި މި ހަފުލާގައި ވަނީ ދެޓީމުގެ ކޯޗުންނާއި ކެޕްޓަނުންނަށް މަގާމު ހަވާލު ކުރިކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މުއީދު ވިދާޅުވީ، ޖޯޝާ އެކީ ކަމެއް ކުރަން ނުކުމެއްޖެ ކަމަށް ވަނީނަމަ ޖޯޝާ އެކީ އެކަމެއް ނިއްމާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މިދެޓީމުވެސް މައިކަޕަށް ތައްޔާރު ވެގެން އައިސްފައި ވަނީ ޖޯޝުން ފުރިގެންވާ ގޮތެއްގައި ކަމަށެވެ. ކަމެއްގެ ކާމިޔާބީގެ އަސްލަކީ ކުރެވޭ މަސައްކަތް ކަމަށާއި އެކަމެއްގެ ކާމިޔާބީ ލިބުން އެންމެ ހައްގުކަން ބޮޑީ މަސައްކަތް ކުރާ ފަރާތަށް ކަމަށް ފާހަގަ ކުރައްވާ މުއީދު ވިދާޅުވީ މިފަހަރުގެ މައިކަޕަކީ އަރާދުވާ އަށް ލިބުން ހައްގު މައިކަޕެއް ކަމުގައެވެ. ރޭގެ ހަފުލާގައި މުއީދު ވަނީ ޓީމުގެ ކުޅުންތެރިންނަށް ދަނޑުގައާއި ދަނޑުގެ ބޭރުންވެސް ރަނގަޅު އަހުލާގެއް ދައްކައިގެން ފެއަރ ޕުލޭ ޓީމެއްގެ ގޮތުގައި އޮތުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެލައްވާފައެވެ.

އަރާދުވާގެ ރަސްމީ ލަވަ އިފުތިތާހު ކުރެވިގެން ދިޔަ ރޭގެ ހަފުލާ ނިއްމާލާފައި ވަނީ ބިލެއްމީރުކޮށްލުމަކުންނެވެ. އަރާދުވާ ޓީމު ސްޕޮންސަރ ކޮށްފައި ވަނީ ކަލަރޑްރޮޕް އިން ނެވެ. 

[BOTTOM CONTENT BANNER]
މައިކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުޅި މައިކަޕްގެ މަގުޞަދު އޮޅުވާލާ މުބާރާތުގައި އެހެންޓީމްތަކަށް ދާއިމީ ގޮތެއްގައި އެކުޅުންތެރިއަކު ނިސްބަތްވާ ސަރަހައްދަކަށް ކުޅެމުން ދަނިކޮށް ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާ ތަކަށް ފައިސާގެ ދަޅަދައްކައި ސިޔާސީ ނުފޫޒާއި އާއިލީ ނުފޫޒު އިހަވަންދޫ ފުޓުބޯޅައިގެތެރެއަށް ވެއްދި ބަޔަކީ ތިޔަ އަރާދުވާ․․․․․ މަގާމުގެ ނުފޫޒުބޭނުން ކޮށްގެން ޕްރޮމޯޝަން ދޭނެކަމަށް ބުނެ ފެނަކައިގެ މުވައްޒަފުން ލައްވާ ކުޅުވަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ވަރަށް ދަށުދަރަޖައިގެ ކަންކަން․․․․ތިޔަ ޓީމަށް އަރާދުވާ ކީމަށްވުރެ ރަނގަޅުވާނެ ފައިސާ ހިފައިގެން ކުޅުންތެރިން ފަހަތުން ދުވާ ކިއްޔާ․․․ ކިތައްމެ ޚަރަދެއްވެސް ކުރެވިދާނެ․․․ ﷲ އިރާދަކުރެއްވިއްޔާ ހަމަ މިފަހަރުވެސް ދާނީ ޗޮކުން․․․․․․․․․․․ ވަރަށް ވެދުން․․․․․․!!!!

– 7 ޑިސެމްބަރު 2016 0

ކުއާޓަރ އިން ކަޓާނެ․ އިންޝާﷲ․ އެކަމަކު ކާމިޔާބީއަށް އެދެން․

– 8 ޑިސެމްބަރު 2016 0

ނޯ ޗާންސް

– 8 ޑިސެމްބަރު 2016 0

ޙަމްޒާ ބުނީ 2017 އަރާދުވާ ރޫޅާލާނޭ ކަމަށް

– 9 ޑިސެމްބަރު 2016 0

ޙަމްޒާ ބުނީ 2017 އަރާދުވާ ރޫޅާލާނޭ ކަމަށް

– 9 ޑިސެމްބަރު 2016 0

އަރާދުވާ ހޮޕް ހޮޕް

– 9 ޑިސެމްބަރު 2016 0

ހަޖަމުކުރޭ

– 9 ޑިސެމްބަރު 2016 0

އަރާދުވާ ނޫން ބަޔަކު މި ފަހަރު ތަށީގަނޫނީ ނުހިފާނެ.. މީ އަރާދުވާ ފަހަރު...

– 12 ޑިސެމްބަރު 2016 0